ads
އެމްޑަބްލިއު އެސްސީ އަދި ލޯކަލް ގަވަމަންޓް މިނިސްޓަރު ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީން ކޮންޑުއިޓް ޕައިޕް އުފައްދާ ބާޒާރަށް ނެރެފި
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން، ކަރަންޓް ވައިރު ކުރުމަށް ބޭނުންވާ ކޮންޑުއިޓް ޕައިޕް ރާއްޖޭގައި އަލަށް އުފައްދާ، ބާޒާރަށް ނެރެފި އެވެ.
Advertisement

މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިޔާތެއްގައި ކޮންޑުއިޓް ޕައިޕް ބާޒާރަށް ނެރެދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މަތީން މުހައްމަދު އެވެ. މި ރަސްމިޔާތުގައި ލޯކަލް ގަވަމަންޓް މިނިސްޓްރީގެ އިސްވެރިންނާއި އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓް ޓީމުން ބައިވެރިވަޑައިގަތެވެ.

އެމްޑަބްލިއުއެސްސީން ގުޅީފަޅުގައި 2015 ވަނަ އަހަރު ގާއިމްކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާއިން 4 ސައިޒެއްގެ ފެންވަރު ރަނގަޅު ކޮންޑުއިޓް ހޮޅި އުފައްދާ މިއަދު މިވަނީ ބާޒާރަށް ނެރެފަ އެވެ. އެގޮތުން ކަރަންޓު ވަޔަރިންގެ އެކި މަސައްކަތްތަކުގެ ބޭނުމަށް އުފައްދާ 4 ސައިޒެއްގެ ތެރޭގައި 16 މިލިމީޓަރު، 20 މިލިމީޓަރު ، 25 މިލިމީޓަރު، 32 މިލިމީޓަރުގެ އިތުރުން 40 މިލިމީޓަރުގެ އެކި ކުލައިގެ ކޮނޑުއިޓް ހޮޅި ހިމެނޭކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އެގޮތުން އެމްޑަބްލިއުއެސްސީގެ ހޮޅި އުފައްދާ ކާރުހާނާއަކީ އައިއެސްއޯ 9001 އަށް ސެޓިފައި ކުރެވިފައިވާ ކާރުހާނާއެއްކަމަށް އެ ކުންފުނިން ބުނެ އެވެ.

ރާއްޖޭގައި ކޮންޑުއިޓް ހޮލި އުފައްދާ ބާޒާރަށް ނެރެ ވިއްކަން ފެށުމުން ރާއްޖޭގެ ގެދޮރު އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ކޮންސްޓްރަކްޝަން ކުންފުނތަކާއި، ހާޑްވެއާ ފިހާރަތަަކަށް އެކަމުގެ ސަބަބުން ފަސޭތަކެއް ލިބި، ރާއްޖެއިން ބޭރުން ހޮޅި ގެނައުމުގައި ލަސްވުމާއި ދަތިތައް ކުޑަކުރުމަށް އެހީތެރިވާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އަދި ރާއްޖޭގެ އިގްތިސޯދަށް ހެޔޮ އަސަރުކުރުމަށް މަގު ފަހިވެގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

އެމްޑަބްލިއުއެސްސީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީކޮށް ކުރިއަރުވައި އޭގެ މަންފާ އާއި ލާބަ ކުންފުފުންޏަށާއި ދިވެހި މުޖްތަމައަށް ފޯރުކޮށްދިނުން ކަމުގައި އެމްޑަބްލިއުއެސްސީން ބުނެ އެވެ.

މި ރަސްމިއްޔާތުގައި މި ހޮޅީގެ ފުރަތަމަ ކަސްޓަމަރަށް ހޮޅި ވަނީ ހަވާލުކޮށްފަ އެވެ. މި ހޮޅި ގަތް ފުރަތަމަ ކަސްޓަމަރަކީ ހާޑްވެއާ ލެބެވެ.

މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ މި ހޮޅީގެ ސަބަބުން އިގުތިސާދީ ގިނަ ފައިދާތަކެއް ވެސް ކުރާނެ ކަމަށެވެ.

"މިއީ ރާއްޖެއިން ބޭރުން މީގެކުރިން ގަންނަ އެއްޗެއް. މި ފަދަ ޕްރޮޑަކްޓެއް ރާއްޖެއިން ގަންނަން ލިބުމަކީ ހޭދަވާ ހަރަދު ކުޑަވެ، ރާއްޖެއިން ބޭރަށް ވެސް މި ފަދަ ކަންކަމުގައި ހޭދަކުރާ ޑޮލަރުގެ މިންވަރު މަދުކުރެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވީ ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމުން ކުންފުންޏަށް ވެސް މާލީ ލުއިތަކެއް ލިބުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ކުންފުނީގެ އަމާޒުހުރީ މި ފަދަ ތަކެތީގެ އާ އުފެއްދުންތައް ހަދައި، އުފެއްދުންތެރިކަން އިތުރުކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް