ads
މާފުށި ޖަލު -- ފޮޓޯ:މިހާރު
ގައިދީންނާއި ބެހޭ ޝަކުވާ އީމެއިލް މެދުވެރިކޮށް ހުށައެޅޭގޮތް ހަދައިފި
އީމެއިލް އަދި ފޯނު މެދުވެރިކޮށް ގައިދީންނާއި ބަންދުގައި ބައިތިއްބާފައި ތިބޭ މީހުންގެ އާއިލާގެ ފަރާތުން ޝަކުވާ ހުށައެޅޭގޮތަށް ހޯމް މިނިސްޓްރީ އިން ހަމަޖައްސައިފިއެވެ.

ހޯމް މިނިސްޓްރީއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވުމާ ގުޅިގެން ސަރުކާރު އޮފީސްތައް ނުހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ އީމެއިލް އަދި ފޯނު މެދުވެރިކޮށް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސްއަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިހާރު ހަމަޖެހިފައި ވާނެކަމަށެވެ.

ޝަކުވާ ހުށައަޅުއްވަން ބޭނުންފުޅުނަމަ [email protected] އަށް އީމެއިލް ކުރުމަށް ނުވަތަ 9421111 އަށް ގުޅުއްވުމަށް ހޯމް މިނިސްޓްރީއިން އަންގާފައިވެއެވެ.

މިނިސްޓްރީ އިން މީގެ އިތުރަށް ބުނެފައިވަނީ ‏ގައިދީންނާއި، ބަންދުގައި ބައިތިއްބާފާ ތިބޭ މީހުންނަށް ކުރިންވެސް ޝަކުވާ ހުށަހަޅަމުން އައިގޮތަށް، ސިޓީ މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް އަކީ ޖަލުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން ބަލާ ފާސްކޮށް، އެތަން ހިނގަނީ ގަވައިދާ އެއްގޮތަށްތޯ ބަލައި ހޯމް މިނިސްޓަރަށް ރިޕޯޓުކުރަން އައްޔަންކޮށްފައި ހުންނަ މީހެކެވެ.

މިދިޔަ މަހު މާފުށި ޖަލުގައި ގައިދީންނަށް އަނިޔާކުރާކަމަށް ސޯޝަލް މީޑިޔާގައި ހަބަރު ފެތުރުމުން ހިޔުމަން ރައިޓްސް ކޮމިޝަން އިންވަނީ ޖަލަށް ޒިޔާރަތްކޮށް އެކަން ތަހުގީގުކުރަން ފަށާފައެވެ. އެ ކޮމިޝަންގެ މީޑިޔާ އޮފިސަރ ފަޒްލާ އަހުމަދު ޝަހީމް ސީއެންއެމް އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަނީ އެއީ ބަލަމުންދާ މައްސަލައެއް ކަމުން ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް