ads
ހައުސިން މިނިސްޓަރު ހައިދަރު: ފޮޓޯ: ރައީސް އޮފީސް
މީގެ ފަހުން މުޅި ރާއްޖޭގެ ބޯހިޔާވަހިކަމުގެ ކަންކަން ބަލާނީ އެފްޑީސީން: ހައިދަރު
މީގެ ފަހުން ހުޅުމާލޭގެ އިތުރުން މުޅި ރާއްޖޭގައިވެސް އަސާސީ ބޯހިޔާ ވަހިކަމުގެ މަސައްކަތް ބަލަހައްޓާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު އެ ފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކެބިނެޓުގައި ދެކެވުނު ވާހަކަތައް ހިއްސާކުރައްވަމުންނެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ އެފްޑީސީއަކީ އެޗްޑީސީގެ ސަބްސިޑަރީއެއްގޮތަށް ހަދަން މިއަދު ކެބިނެޓުން ނިންމާފައިވާކަމަށާއި އެފްޑީސީ އަކީ މިހާރު އަސާސީ ބޯހިޔާވަހަކަމުގެ ވަރަށް ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާ ކުންފުންޏެއް ކަމަށެވެ.

އެގޮތުން ސަރުކާރުން މިހާރު ނިންމާފައި އޮތީ އެފްޑީސީން އަސާސީ ބޯހިޔާވަހިކަމުގެ މަސައްކަތުގައި މުޅި ރާއްޖޭގައިވެސް އެކި މަޝްރޫއުތައް ހިންގުމަށްކަމަށާއި އެކަމަކު އެފްޑީސީން އެކަން ކުރާނީ އެޗްޑީސީގެ ސަބްސިޑަރީއެއް ގޮތައް ހުރެ ކަމަށް ވިދާޅުވެފަ އެވެ.

އެޗްޑީސީ، މާސްޓާ ޑިވޮލޮޕާއެއްގޮތައް މިވަގުތު މަސައްކަތް ކުރަނީ ހުޅުމާލޭ، ގުޅިފަޅު، ގިރާވަރު ފަޅު،ދިށްފުށި، އަދި ދިށްގަރުގައިކަމަށް ހައިދަރު ވިދާޅުވި އެވެ. 

"ހަމައެކަނި ހުޅުމާލޭގައެއް ނޫން އެފްޑީސީން ހައުސިން މަސައްކަތްކުރިއަށްގެންދާނީ.. މުޅި ރާއްޖޭގައި ބޯހިޔާވަހިިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ އެފްޑީސީން"ހައިދަރު ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން އެއްކަހަލަ މަސައްކަތް ކުރާ ކުންފުނިތައް މާޖް ކުރުމުގެ ސަބަބުން ވަަރަށް ގިނަ، ތަކުރާރުވެގެންދާ އެއްމަސައްކަތްތައް އެއްދާއިރާއަކުން ކުރާގޮތައް ބަދަލުވެގެން ދާނެ ކަމަށާއި ބަދަލުވެގެން ދިއުމުން ވަަރަށް ގިނަ ސޭވިންސްތައް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އަދި ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ އެޗްޑީސީއަކީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް އެކުންފުނީގެ ހިއްސާ ވިއްކުންކަމަށެވެ.

ހައިދަރު ވިދާޅުވީ އެކަމާ ގުޅިގެން ހަދަން ޖެހޭ ދިރާސާތައް ހެދުމަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށެވެ.

ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އެޗްޑީސީއަކީ ހުޅުމާލޭގެ އެކި ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސް، ޕްލޭން ކުރަމުންދާ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް