ads
އެޑިއުކޭޝަން މިނިސްޓަރު-- ފޮޓޯ: ވަން އޮންލައިން
އަންނަ ހަފްތާ ގުރޭޑް އެކަކުން ހައެއްގެ ކުދިންނަށް ޓެލެ ކުލާސްތައް ފަށަނީ
އަންނަ ހަފްތާ ގުރޭޑް އެކަކުން ހައެއްގެ ކުދިންނަށް ޓެލެ ކުލާސްތައް ފަށަން ނިންމައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ޓެލިކުލާސްތައް މިހާރު ކުރިއަށް ގެންދަން ރޯވާފައި އޮތް ގޮތުން ގްރޭޑް 7، 8، 9، 10 އަދި 11 ދަރިވަރުންގެ ފިލާވަޅުތައް މިހާރު ކުރިއަށް ދާ ކަމަށެވެ.

އޭގެ އިތުރުން އަންނަ ހަފްތާ ކީސްޓޭޖް އެކަކާއި ދެއަކަށް (ގްރޭޑް އެކަކުން ހައަކަށް) ޓެލި ކުލާސްތައް ފަށަން ނިނާމަފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެލްކޭޖީ އާއި ޔޫކޭޖީގެ ކުދިންނަށް ލާނިން ޕެކްތަކެއް ހަދާފައި ހުންނާނެ ކަމަށާއި އެޕެކް ތަކަކީ ޕްލޭ ބޭސްކޮށް ދަރިވަރުންނާއި ބެލެނިވެރިންނާ އެއްކޮށް ގޭގައި ކުރިވިދާނެ ކަންތައްތަކެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް