ads
މިފްކޯ މަސް ފެކްޓްރީ - ފޮޓޯ: މިފްކޯ
ދުނިޔޭގެ ބާޒާރުގައި މިވަގުތަށް މަސް ގަންނަ އަގު ދަނީ ދަށަށް: މިފްކޯ
ދުނިޔޭގެ ބާޒާރުގައި މިވަގުތަށް މަސް ގަންނަ އަގު ދަނީ ދަށަށް ކަމަށާއި މަސްވެރިންގެ އަތުން މިފްކޯއިން މަސް ގަންނަ އަގު އަދި ބަދަލުނުކުރަނީ ދުނިޔޭގެ ބަޒާރުގައި ކަނޑުމަހުގެ އަގު އަދި އުފުލިފައި ނުވާތީކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
Advertisement

އެންމެ ފަހުން އިއުލާން ކޮށްފައިވާ އަގުތަކުގައި މިފްކޯއިން ގަނޑުކުރި މަސް ކިލޯއެއް ގަންނަނީ 16ރ. އަށެވެ. އަދި ގަނޑު ނުކުރާ މަސް ކިލޯއެއް ގަންނަނީ 14ރ. އަށެވެ.

މިފްކޯއިން ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަން ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރަކަށްވާތީ އާއި އެކީ، އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވީ ނަމަވެސް، މިފްކޯއިން މަސައްކަތްކޮށްފައިވާނީ މަސް ގަންނަ އަގު ދަށް ނުކޮށް ހިފަހައްޓަށް ކަމުގައެވެ. 

ނަމަވެސް ކުންފުނިން މަސައްކަތްކުރަނީ ބާޒާރުގައި މަހުގެ އަގު ރަނގަޅުވަންދެން 16 ރުފިޔާއަށްވުރެ ދަށް ނުވާގޮތަށް އަގު ހިފެހެއްޓުމަށްފަހު އަގު މައްޗަށް ޖެހުމުން، މަސްވެރީން އަތުން ރަނގަޅު އަގުގައި ކޮލެޓީ މަސް ގަތުމަށް ކަމުގައި މިފްކޯއިން ބުންޏެވެ.

މަސްވެރިކަން ހީނަރު ނަމަވެސް މަސްވެރީން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިފްކޯއިން އަންނަނީ ތެލާއި އައިސް ކްރެޑިޓަށް ފޯރުކޮށްދިނުމާއި، މަސްވެރީންނަށް ނުދެވި ހުރި ފައިސާ ހޯދައި، ހަލާސްކުރުމާއި، މިހާރު ލިބޭ ބިލްތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދެވޭނެ ގޮތްތައް ހޯދަމުންނެވެ. 

"ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެކުންފުނިން ހިފަން ނިންމާފައިވާ ކަމަށާއި، މިފްކޯއިން ދަނީ ކަމާގުޅޭ ފަރާތްތަކާއިއެކު އެކަމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން.."މިފްކޯ އިން ބުންޏެވެ.

މިއަހަރަކީ ވޭތުވެދިޔަ ދިގު މާޒީގައިވެސް މަސްވެރިކަން ހީނުކުރާ މިންވަރަށް ދަށަށް ދިިޔަ އަހަރަކަށް ވާއިރު، އަހަރު ނިމެން 3 މަހަށް ވެފައި އޮތްއިރު، މިފްކޯއަށް މިހާތަނަށް ކިރުނީ 26،000 ޓަނުގެ މަހެވެ. އަހަރެއްގެ މައްޗަށް އެވްރެޖުކޮށް މިފްކޯއަށް 67،000 ޓަނުގެ މަސް ކިރާއިރު މިދިޔަ އަހަރަކީ ރިކޯޑު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު މިފްކޯއަށް 72،000 ޓަނުގެ މަސް ކިރާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް