ads
"ޓްރޭޑިއަން" ތައާރަފް ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން --
ނެޝަނަލް ސިންގަލް ވިންޑޯގެ ފުރަތަމަ ފިޔަވަހި އިފްތިތާހުކޮށްފި
ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން މުހިންމު ހިދުމަތްތައް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
Advertisement

މިއަދު ޖެން ހޮޓެލް ބޭއްވި ރަސްމިއްޔާތުގައި "ޓްރޭޑިން" ތައާރަފްކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަގުފަހިކޮށްދެއްވުމަށް ރައީސް ޑރ.މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން، ކުރިއަށްގެންދިޔަ ވަރަށް މުހިންމު މަސައްކަތެކެވެ. 

މިއީ ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަމުން އައި ހިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭނެގޮތަށް ބަދަލުކޮށް، ވިޔަފާރިވެރިންނަށް ދިމާވަމުންދާ ދަތިތަކަށް ބޮޑު ލުޔެއް ގެންނާނެ ހިދުމަތަކަށް ވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ނެޝަނަލް ސިންގަލް ވިންޑޯ އެކުލަވައިލީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ޓްރޭޑް ނެޓް މޯލްޑިވްސް މެދުވެރިކޮށެގެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ، ސިންގަލް ވިންޑޯގެ މައިގަނޑު ބޭނުމަކީ ރާއްޖެއަކީ ވިޔަފާރިތަކަށް ފަހި މާހައުލެއްގެ ގޮތުގައި ރާއްޖޭގެ ވިޔަފާރީގެ މާހައުލު ބައްޓަން ކުރުން ކަމަށެވެ.

"މި މަޝްރޫއުއަކީ ރާއްޖޭގެ ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި އުޅޭ އިދާރާތަކާއި ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރުގެ ޝާމިލުވުމާ އެކު އަޅުގަނޑުމެން އެންމެންނަށް ވިން ވިން ސޮލިއުޝަނެއް ގެނައުމަށްޓަކައި އެންމެން އެކުއެކީގައި އަތް ގުޅާލައިގެން ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރަމުން ގެންދާ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

ސިންގަލް ވިންޑޯ ޕްލެޓުފޯމު އިފުތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ ރާއްޖެއަށް ލާމެހިފައިވާ ޕޭމަންޓް މޮޑެލްތައް ގެނައުމަށާއި އީވޮލެޓްސް އަދި އީ ކޮމާސްގެ ސްޕޭސްގައި މަސައްކަތް ކުރާ އެންމެ މަޝްހޫރު ފަރާތްތައް ވީ އެންމެ އަވަހަކަށް ރާއްޖެއަށް ގެނެސް، އެފަރާތްތަކުގެ ހަރަކާތްތެރިވުން ރާއްޖޭގައި ގާއިމް ކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައު އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެކަން ފާހަގަކުރެއްވީ ސަބަބެއް ނެތި ނޫން ކަމަށެވެ. އެގޮތުން، މީގެ ކުރިން ރާއްޖެ އަކީ ކުޑަ ގައުމަކަށް ވެފައި، މާކެޓް ކުޑަކަމުން ޕޭޕަލް ދުވަހަކުވެސް ރާއްޖެއާ ވާހަކަ ދައްކާފައި ނުވާއިރު، ސަރުކާރުގެ މަސައްކަތުން މިއަދު އެ ހިދުމަތް ތައާރަފް ކުރަން ޕްރޮޕޯސަލް ހުށަހަޅާފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ. އަދި ކޮންމެވެސް ސިފައެއްގައި އެކަން ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް