ads
ސަމާހް ނިޔާވި އެކްސިޑެންޓާއި ގުޅޭގޮތުން ފަތުރަނީ ދޮގު: ފުލުހުން
މިދިޔަ ހުކުރު ވިލޭރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ ތަހުގީގުގެ މައުލޫމާތުކަމަށް ބުނެ ފަތުރަމުންދަނީ ދޮގު މައުލޫމާތުތަކެއްކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ހުޅުމާލޭގައި ސެންޓަރަލް ޕާކު ކައިރީ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ލ. އިސްދޫ ،ބީޗްހައުސް އުުމުރުން 23 އަހަރުގެ ހަސަން ސަމާހްއެވެ. ސަމާހް ނިޔާވީ އެކްސިޑެންޓް ވުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.  

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މި ތަހުގީގައި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރެމުންދާކަން ހާމަކޮށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެ ތަހުގީގު ކުރިއަށްދާ ގޮތާއި، މިހާތަނަށް ލިބިފައިވާ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާކޮށްްފައި ނުވާނެކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އަސާސެއް ނެތް ތަފާތު ތުހުމަތުތައް ކުރުމަކީ ސަމާހްގެ އާއިލާއަށް އިތުރު ހިތްދަތިކަން ލިބި ފުލުހުން ހިންގަމުންގެންދާ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއްކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ. 

" އެހެންކަމުން، ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާގައާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް މި ހިދުމަތުން އިލްތިމާސްކުރަން." ފުލުހުން އެކްސްގައި އާއްމުކުރި ޕޯސްޓްގައިވެއެވެ.

އިތުރަށް ކިޔާލުމަށްް : އެކްސިޑެންޓް ގިނަ މަގުތަކުގައި 24 ގަޑިއިރު ފުލުހުން ފޯރިމަރަން ފަށައިފި

ސަމާހް ނިޔާވި އެކްސިޑެންޓްގައި ކާތު ދިއްވި ޑްރައިވަރު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. އަދި މި އެކްސިޑެންޓަށްފަހު ސަރުކާރުވަނީ ބައެއް ހަރުކަށި ފިޔަވަޅުތައް އަޅަން ނިންމާ އެކަން ހާމަކޮށްފައެވެ. އޭގޮތުން ރޭސިން ކާރު ދުއްވަން ދިން ހުއްދަތައް ބާތިލުކޮށް ބައެއް މަގުތަކުގައި ފުލުހުން ގެންދަނީ 24 ގަޑިއިރި ފޯރިމަރަމުންނެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް