ފެނަކައިގެ ޑީއެމްޑީ ކަމުން ނާއިފް އިސްތިއުފާދެއްވިކަން އެނގުނީ މިދިޔަ މަހުގެ 26 ނަމަ ދުވަހު އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓަކުންނެވެ.
ނާއިފު ފެނަކައިން ވަކިކުރެއްވުމަށްފަހު އޭނާ ހުންނެވި މަގާމަށް އައްޔަންކުރައްވާފައިވަނީ ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަބްދުލްކަރީމެވެ.
ވެމްކޯގެ ޑީއެމްޑީގެ މަގާމަށް ނާއިފު ހަމަޖެއްސިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަދި އާންމެއްނުކުރެ އެވެ.
އެހެން ނަމަވެސް ވެމްކޯގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ ނާއިފަށް މަރުހަބާ ކިޔާ ޕޯސްޓުތަކެއް މިއަދު ހިއްސާކޮށްފަ އެވެ.
ނާއިފަކީ ނިމުނު ރިޔާސީ އިންތިހާބުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިންތިހާބީ އެޖެންޓުގެ ދައުރު އަދާކުރެއްވި ބޭފުޅާ އެވެ.