ads
ކެޓްރީނާ ކައިފް އާއި އިޒަބެލާ ކައިފް
ކެޓްރީނާ އާއި އިޒަބެލާ ކައިފް އަށް ކެއްކުނީ ކޯއްޗެއް ކަމެއް ނޭނގުނު
ކޮވިޑް-19 އާ އެކު މުޅި އިންޑިއާ ލޮކްޑައުނެއްގައި އޮތްއިރު، ގިނަ އަދަދެއްގެ ފިލްމީ ތަރިން ދަނީ ގޭގައި ތިބެގެން ތަފާތުގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން ކެޓްރީނާ ކައިފް އަދި އިޒަބެލާ ކައިފް މިވަނީ މިދުވަސްކޮޅުގެ ބޭނުން ހިފައި ކަންކަން ދަސްކުރަން ފަށައިފަ އެވެ.

އިންސްޓަގްރާމްގައި ކެޓްރީނާ ވަނީ އޭނާގެ ކޮއްކޮ އިޒަބެލާ އާއެކު ބަދިގޭގައި ކައްކަން އުޅޭ ވީޑިއޯއެއް ހިއްސާ ކޮށްފަ އެވެ. 

ވީޑިއޯގައީ ކައްކަމުން ދިޔަ އެތި ދައްކާލާފައި ވާއިރު، ކެޕްޝަންގައި އޭނާ ޖަހާފައި ވަނީ މި ކެއްކެނީ ކޯއްޗެއްކަން ޔަގީން ނުވާކަމަށެވެ. އަދި މި ކެއްކުނީ ކޯއްޗެއްކަން އެނގުމުން ބުނާނެ ކަމަށް ވެސް ކެޓްރީނާ ވަނީ ބުނެފަ އެވެ. 

ފޭނުން ވަނީ ކެޓްރީނާ އާއި އިޒަބެލް އެޅީ ބިސްގަނޑެއްތޯ ނޫނީ ޕޭންކޭކެއް ތޯ ސުވާލުކޮށްފަ އެވެ. 

ކެޓްރީނާ ވަނީ މީގެ ކުރިން ގޭތެރޭގެ އެކި އެކި މަސައްކަތްތައް ކުރުމުގައި ޝާމިލްވެ އުޅެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް