ads
ބަންކަރިން ހިދުމަތް ދޭން ބޭނުން ކުރާ ދެވަނަ ބޯޓު -- ފޮޓޯ: އެސްޓީއޯ
ބަންކަރިން ހިދުމަތް ފުރަތަމަ ދެނީ އެމްއެސްއެސްގެ ބޯޓަކަށް
އަންނަ ބުރާސްފަތި ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް ފަށަށް އެސްޓީއޯ ތައްޔާރުވެފައިވާ އިރު، އެންމެ ފުރަތަމަ ހިދުމަތް ދޭނީ، އެމްއެސްއެސްގެ "ވައިސީ ބެރިއާ" ނަމަކަށް ކިޔާ އުޅަނދަކަށް ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
Advertisement

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މިއީ އެ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެއް ކަމަށެވެ.

ވައިސީ ބެރިއާ އަކީ ކޮލަމްބޯ އާއި މާލެއާ ދެމެދު ދަތުރު ކުރާ އުޅަނދެކެވެ. 1100 ކޮންޓޭނަރު އުފުލުމުގެ ގާބިލުކަން ހުންނަ އެ ބޯޓުން މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުން ކުރާ ކަމަށް އެސްޓީއޯއިން ބުންޏެވެ. 

އެސްޓީއޯއިން ބުނީ ބަންކަރިންގެ ހިދުމަތް ހޯދުމަށް އެދި މިހާރު ވެސް ބުކިންތައް ލިބެމުންދާ ކަމަށާއި ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފުޅާކޮށް މާކެޓު އިތުރަށް ވަރުގަދަވެގެން ދާނެ ކަމުގެ ޔަގީންކަން އެ ކުންފުންޏަށް މިހާރު ވެސް އެބަ އޮތް ކަމަށެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތް ފެށުމަށް ބޭނުންވާ ދެ ބޯޓު ވެސް މިހާރު ވަނީ ގެނެސްފައެވެ. ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ކުރިން ނިންމާފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެކަމަކު، މޫސުން ގޯސްވެ، އުޅަނދުތައް ގެނައުން ލަސްވެގެން އެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހަށް ފަސް ކުރީ އެވެ. 

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށަން އެސްޓީއޯއިން ވިޓޯލާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ މާޗު 13ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް