ރައިސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ސްޕީޑުގައި ގެންދިޔުމަށް އިންވެސްޓްމަންޓްތައް ޕްރޮމޯޓްކުރަން މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެގޮތުން ކްރިއޭޓިވް އިކޮނޮމީގެ އަމާޒުތަކަށްް ދިޔުމަށް ހޮލީވުޑްގެ ފިލްމު އުފައްދާ ފަރާތްތަކާއި ގުޅިގެން ރައްޖެެއާއި ގުޅޭ ފިލުމެއް އުުފެއްދިދާނެ އެއްވެސް ގޮތެއް އޮތްތޯ ބެލިކަމަށެވެ. އަދި މި ކަން ކުރަން މަސައްކަތް ކުރަނީ ރާއްޖޭގެ މުސޫމާއި ރާއްޖޭގެ އިންވެސްޓްމަންޓަކާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެކަމުން މަންފާއެއް ލިބޭނެކަމަށް ބަލައިގެންކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން ހޮލީވުޑްގެ ސްޓާޓްއަޕް ކުންފުންޏަކާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށެވެ. އަދި އެ ފަރާތްތަކުން ރާއްޖެ އައިސް ވަރަށް ގިނަ ބަޔަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިހާތަނަށް ކްރިއޭޓިވް އިކޮނޮމީ އޮތީ ދައުލަތުން ދަންނަ އެއްޗެއްގެ ގޮތުގައި ނޫންކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން އެބަ ބަލައިގަންނަކަމަށެވެ. އަދި ރައީސް މުއިއްޒު މަސައްކަތް ކުރައްވާނީ ކްރިއޭޓިވް އިކޮނޮމީ އަކީ އެމަނިކުފާނު ދަންނަ މަސައްކަތަކަށް ހައްދަވައިގެންކަމަށްވެސް ސައީދު ވިދާޅުވިއެވެ.