ads
ފޮޓޯ: ފުލުހުން
ކުޑަހުވަދޫގައި ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއް އެކްސިޑެންޓުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ދ. ކުޑަހުވަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ކުޑަހުވަދޫ މެރިން ޑްރައިވް މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، އެމަހުގައި ހުރި ކެފޭއެއްގެ ކުރިމަތީގައި ޕާކުކޮށްފައި ހުރި ތިން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއްވެފައިވާ ކަމަށެވެ. 

މިކަމުގެ ރިޕޯޓްކޮށްފައި ވަނީ ހެނދުނު 6:17 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. 

މި އެކްސިޑެންޓު ހިނގިއިރު ދުއްވާފައި ދިޔަ ސައިކަލުގައި 18 އަހަރުގެ ދެ ޒުވާނުން ތިއްބެވެ. އެތަނުން ސައިކަލު ދުއްވަން އިން މީހާގެ ގައިގެ އެކިތަންތަނުން މަށައިގެން ގޮސްފައިވާއިރު ފަހަތުގައި އިން މީހާގެ ކަނާއަތު ފައިގެ ކުޑަހުޅުން ދުޅަވެ، ބޮލުގެ މަތިން ކުޑަ ތަންކޮޅެއް ފަޅައިގެން، ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.  

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓުގައި ދުއްވާފައިދިޔަ ސައިކަލަށާއި ޕާކުކޮށްފައި ހުރި ސައިކަލުތަކަށް ގެއްލުންވެފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުުހުން އިތުރަށް ތަހުގީގުކުރަމުން އަންނައިރު މި އެކްސިޑެންޓު ހިނގި ވަގުތު، ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސެންސް ނޯންނަ ކަމަށް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް