ads
އެމްއެންޑީއެފްގެ ސީ އެމްބިއުލާންސް
ބަލި މީހުން އެންމެ ގިނައިން އުފުލީ ސީ އެމްބިއުލާންސްގައި
ބަލި ހާލަތު ބޮޑުވެގެން ބަލީ މީހުން އުފުލުމަށް މިދިޔަ ހަފްތާގައި 37 ދަތުރުކޮށްފައިވާކަމަށްް އެމްއެންޑީއެފުން ބުނެފިއެވެ.
Advertisement

ރާއްޖޭގެ އެކި ހިސާބުތަކުން ހާލު ބޮޑުވާ ބަލި މީހުން އުފުލުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފުންނެވެ. 

އެމްއެންޑީއެފުން ބުނީ ސިއްހީ އަވަސް ފަރުވާ ބޭނުންވި 37 މީހަކު ގޮވައިގެން މިދިޔަ ހަފްތާގައި މެޑިކަލް އިވެކުއޭޝަން ދަތުރުތައް ކުރިކަމަށެވެ. މިގޮތުން ގިނަ ދަތުރުތައް ކުރީ ސީ އެމްބިއުލާންސްގައިކަމަށާއި ކަނޑުމަގުން 36 ދަތުރުކުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެއާ ކޯއިން، ވައިގެމަގުން ކުރީ އެންމެ ދަތުރެއްކަމަށެވެ. 

ބަލި މީހުން އުފުލުމަށް މީގެ ކުރިން ބޭނުންކުރަމުން އައި އިންޑިއާ ސަރުކާރުން ދީފައިވާ ޑޯނިއާ މަތިންދާ ބޯޓައި ހެލިކޮޕްޓަރުއެވެ. އެހެންނަމަވެސް ރައީސް ޑރ. މުއިއްޒި ސަރުކާރުން އެ ތަކެތި ބޭނުންކުރުން ހުއްޓާ އެއާ އެމްބިއުލާންސްގެ ގޮތުގައި މަތިންދާ ބޯޓަކާއި ސީ ޕްލޭނެއް ތައާރަފުކުރިއެވެ. 

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ފެށި އެއާ ޓެކްސީ ފަހުން ވަނީ ބޭނުންކުރުން ހުއްޓާލާ ކުލަ ބަދަލުކޮށް ޓްއަރިސްޓުން އުފުލަން ބޭނުން ކުރަން ފަށާފައެވެ. އަދި އޭގެ ފަހުން ހެލިކޮޕްޓަރުގައިވެސް ބަލި މީހުން އުފުލަން ވަނީ ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް