ads
އެފްއެޗްއޭއެމް ގްލޯބަލް ކަލިނަރީ ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު އެއްބަސްވުން - ފޮޓޯ: ދިރާގު
އެފްއެޗްއޭއެމް ގްލޯބަލް ކަލިނަރީ ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގްލޯބަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަންގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ސޮއިކޮށްފި އެވެ.
Advertisement

އެފްއެޗްއޭއެމްއަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ކަލިނަރީ އިވެންޓާއި ހޮސްޕިޓާލިޓީ ޓްރޭޑް ފެއާ ޝޯއެވެ. މި ހަރަކާތުގައި ބައިނަލްއަގްވާމީ އަދި ލޯކަލް ވިޔަފާރިތަކުން ފެށިގެން ކަލިނަރީ އެކްސްޕާޓުންނާއި ރިސޯޓް އޮޕަރޭޓަރުންނާއި ހޮސްޕިޓާލިޓީއަށް ޝައުގުވެރިވާ ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވާނެ އެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޖައިޝަން ހަމީދު ވިދާޅުވީ އެފްއެޗްއޭއެމް ގްލޯބަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް މިއަހަރުވެސް ދިރާގު ވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

"މޯލްޑިވްސް ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން މޯލްޑިވިއަން ހޮސްޕިޓަލިޓީގެ ބްރޭންޑް އިތުރަށް ރަނގަޅުކޮށް، އިންޑަސްޓްރީގެ ތެރޭގައި އިނޮވޭޝަން އާއި ކޮލަބްރޭޝަން ކުރިއެރުވުމުގައި މުހިއްމު އިވެންޓްތަކާއި އިސްނެގުމުގައި ސަޕޯޓް ދިނުމަކީ ފަހުރުވެރިވާ ކަމެއް،" ޖައިޝަން ވިދާޅުވި އެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް ދަރުބާރުގޭގަ އެވެ.

މިއީ ސީޑީސީ އިވެންޓްސް އެންޑް ޓްރެވަލްސްއާ ގުޅިގެން ދިވެހި އެކްސްޕޯ ސާވިސަސް އިން އިންތިޒާމު ކުރާ އިވެންޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް