ads
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް
ބައެއް ވެރިން ރައްޔިތުންގެ ދުޅަހެޔޮކަން ނިގުޅައިގަނޭ، އެޅޭނެ ފިޔަވަޅެއް ނެތް: ގުތެރޭޝް
އަމިއްލަ ގައުމުގެ އާންމު ރައްޔިތުންގެ ވެލްފެއާ [ދުޅަހެޔޮކަމަށް] ނިގުޅައިގަނެގެން ވެރިން ތިބޭ ކަމަށާއި ނަމަވެސް އެފަދަ ވެރިންނާއި މެދު އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނަ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެ އެވެ،
Advertisement

ގުތެރޭޝް  މިހެން ވިދާޅުވީ އދގެ އާންމު މަޖިލީހުގެ 79ވަނަ އާންމު ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ނެވެ.

ގުތެރޭޝް ވަނީ ފަލަސްތީނުގެ ގާޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާނާއި ޔޫކްރެއިންގެ އިތުރުން ސޫދާނުގައި ކުރަމުންދާ ހަނގުރާމަތަކަށް އިޝާރާތް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ, އެ ފަދަ އުދުވާންތަކާއި ހަނގުރާމަތަކަށް ޖަވާބުދާރީ ނުވެ, ރެކެން މަސައްކަތް ކުރަމުންދާ ގައުމުތަކާއި ގުރޫޕުތައް އިތުރުވަމުންދާ ކަމުގައެވެ.

ގުތެރޭޝް މިހެން ވިދާޅުވެފައި މި ވަނީ ފަލަސްތީނުގެ ގާޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ.

ގުތެރޭޝްގެ ތަގުރީރުގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ވެސް އަލިއަޅުއްވައިލެއްވި އެވެ. އދގެ ޗާޓަރާއި, ބައިނަލްއަގުވާމީ ގާނޫނުތަކާއި އދގެ ގަރާރުތަކަށް ތަބާވެ, މިއީ ރަޝިޔާއާއި ޔޫކްރެއިނުން ސުލްޙަ އިސްކުރަންވީ ވަގުތު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސޫދާންގެ ދާހިލީ ހަނގުރާމައަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވީ އެ ހަނގުރާމައާ ގުޅިގެން އެ ގައުމަށް އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ ކަމުގަ އެވެ. ސޫދާންގައި ހަނގުރާމަ ކުރަމުން ދަނީ އެ ގައުމުގެ އަސްކަރިއްޔާއާއި, ހަތިޔާރު އެޅި ޖަމާއަތެއް ކަމުގައިވާ ރެޕިޑް ސަޕޯޓް ފޯސަސްއާ (އާރްއެސްއެފާ) ދެމެދުގަ އެވެ. ސޫދާންގައި ދާހިލީ ހަނގުރާމަ ފެށީ, ހުސްވި އަހަރުގެ އޭޕްރިލް މަހު އާރްއެސްއެފްގެ ފައުޖުތަކުން ވެރިރަށް ހަރްތޫމަށް އަތްގަދަ ކުރަން މަސައްކަތް ކުރުމާ ގުޅިގެންނެވެ. 

"ބައެއް ގައުމުތަކުގެ ވެރިންގެ ގުރޫޕުތަކަށް ބައިނަލްއަގުވާމީ ގާނޫނުތަކަށް ކޮޅުފައިން އެރޭ. އެ މީހުންނަށް އދގެ ޗާޓަރާ ހިލާފުވެވޭ. އެ މީހުންނަށް އެހެން ގައުމުތަކަށް ގަދަބާރުން އަރައިގަނެވޭ, ބައެއް މުޖުތަމައުތައް ސުންނާފަތިކޮށްލެވޭ, ނުވަތަ އަމިއްލަ ގައުމުގެ އާންމު ރައްޔިތުންގެ ދުޅަހެޔޮކަމަށް ނިގުޅައިގަނެވޭ. އެ ކަމަކު އެ މީހުންނާ ދެކޮޅަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯވޭ،" ލޭއޮހޮރުވުން ބޮޑު ހަނގުރާމަތައް ކުރަމުންދާ އަދި ޖަރީމާތައް ހިންގަމުންދާ ގިނަ ގައުމުތަކާއި އެ ގައުމުތަކުގެ ވެރިންގެ ގުރޫޕުތަކަށް އިޝާރާތް ކުރައްވާ ގުތެރޭޝް ވިދާޅުވި އެވެ.

ލުބްނާނުގެ ހާލަތު އޮތީ ވެސް ކަށްވަޅުގެ ތުންފަތްމަތީގައި ކަން ފާހަގަކޮށް ގުތެރޭޝް ވިދާޅުވީ ލުބްނާނަކީ ދެވަނަ ގާޒާއަށް ހަދައިލުމަކީ ލުބްނާންގެ ރައްޔިތުންނަށް ވެސް, އިސްރާއީލުގެ ރައްޔިތުންނަށް ވެސް, އަދި މުޅި ދުނިޔޭގެ ރައްޔިތުންނަށް ވެސް އަގު އަދާކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް