ads
އދ.ގެ އާންމު މަޖިލީހުގެ ބައްލަދުވުމުގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވަނީ
އަޅުގަނޑުމެންނަށް ބޭނުން ވަނީ ބައިބައިވެ މާޔޫސްވެފައިވާ އދ. އެއް ނޫން: ރައީސް
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ތަގުރީރު ކުރައްވާ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެ ސުލްހަ ކުރުމަށް އުފެއްދި އދ. އަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފި އެވެ.
Advertisement

ރައީސްގެ ވާހަކަފުޅުގައި، މުހިންމު މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަގުވާމީ އެއްބައިވަންތަކަމަށް ގޮވާލެއްވި އެވެ. ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކީ، ހުދު އަޅުގަނޑުމެންގެ އަމަލުތަކުން އުފެދިފައިވާ މައްސަލަތައްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއްކަމަށާއި، ބައިބައިވެ މާޔޫސްވެފައިވާ އދ. އެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި، އދ. އިން ފަރުދީ ދިރިއުޅުމަށް ހަގީގީ ނުފޫޒު ފޯރުވަންޖެހޭނެ ކަމަށާއި، އެ ޖަމްއިއްޔާއިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާހިލީ ފެންވަރުގައި ތަންފީޒުކުރުމަށް ގޮވާލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް އެހީތެރިވެދޭ މަލްޓިލެޓަރަލް ނިޒާމެއް ބޭނުންވާ ކަމަށެވެ.

އަޅުގަނޑުމެންނަށް ބޭނުންވަނީ އަޅުގަނޑުމެންގެ ނަމުގައި ވަކާލާތުކޮށްދީ، އަޅުގަނޑުމެންނަށް ނަތީޖާ ފޯރުކޮށްދޭ ނިޒާމެއް، އެއީ ބައިބައިވެ މާޔޫސްވެފައިވާ އދ. އެއް ނޫން: އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.

އދ.ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ މިސްރާބު ހުރީ އިންގިލާބީ އިގްތިސާދީ ކުރިއެރުމާ ދިމާއަށް ކަމަށާއި ނަމަވެސް ރާއްޖޭގެ ސިޔާސަތުތަކުން ނަތީޖާ ހާސިލުކުރެވޭނީ އެކަށީގެންވާ ގޮތަށް ބައިނަލްއަގްވާމީ މާލީ އެހީތެރިކަމާ އެކުގައި ކަމަށެވެ. 

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލަކީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ބިރުވެރިކަން ކަމަށާއި މި ޖީލުގެ އެންމެ މުހިންމު ގޮންޖެހުން ކަމަށެވެ. އެއީ އެތައް އަހަރެއްގެ ކުރިއެރުން މަދު މިނެޓުކޮޅެއްގެ ތެރޭގައި ފޮހެލައި، ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ހޭނުމަށް ގިނަ ހުރަސްތަކެއް ހުރި ކަމެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިކަމުގައި ރާއްޖޭން ނަމޫނާ ދައްކަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އިޒްރޭލުން ހިންގަނީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށާއި އެ ކަންކަމަށް އެގައުމު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވެސް ރައީސްގެ ތަގުރީރުގައި ވަނީ ވިދާޅުވެފަ އެވެ. 

ރައީސް ވިދާޅުވީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި މައްސަލަތަކަށް ބައިނަލްއަޤްވާމީ ނިޒާމެއްގެ ތެރެއިން ހައްލުތަކެއް ހޯދަންޖެހޭކަމަށެވެ. އަދި އަމަލީގޮތުން މަސައްކަތެއް ނުކޮށް، ވާހަކަތަކެއް ދައްކަން ވަގުތު ނެތްކަންވެސް ރައީސްގެ ތަގުރީރުގައި ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު އދގެ މަސައްކަތާއިމެދު ހިންހަމަޖެހިވަޑައިނުގެން މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވިއިރު، އަމިއްލަ ގައުމުގެ އާންމު ރައްޔިތުންގެ ވެލްފެއާ ނިގުޅައިގަނެގެން ބައެއް ގައުމުގެ ވެރިން ތިބޭ ކަމަށާއި ނަމަވެސް އެފަދަ ވެރިންނާއި މެދު އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނަ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް މިރޭ ވަނީ ވިދާޅުވެފަ އެވެ،

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް