ads
އުރީދޫއިން އައިފޯނު 16 ސީރީޒްގެ ފޯނުތައް ވިއްކަން ފަށައިފި
އުރީދޫއިން އައިފޯނު 16 ސީރީޒްގެ ފޯނުތައް ވިއްކަން ފަށައިފި
އުރީދޫ މެދުވެރިކޮށް އައިފޯނު 16 ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރު ދިން ކަސްޓަމަރުންނާ އެ ފޯނުތައް ހަވާލުކޮށްފިއެވެ.
Advertisement

ފޯނުތައް ހަވާލުކުރީ ރޭ ދަންވަރު 12 ޖެހިއިރު އުރީދޫގެ ހެޑްއޮފީހުގަ އެވެ. އުރީދޫއިން ކޮންމެ އަހަރަކު ވެސް އައިފޯނުގެ އެންމެ ފަހުގެ މޮޑެލްތަކަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ހުޅުވައިލައެވެ.

މި މަހުގެ 9 ވަނަ ދުވަހު ލޯންޗުކުރި އާ އައިފޯން 16 އަކީ އާ އޭ18 ޗިޕް ހިމެނޭ ފޯނެކެވެ. މި ފަހަރު އެންމެ ބޮޑު އެއް އަޕްގްރޭޑްގެ ގޮތުގައި އެޕަލްއިން ފާހަގަ ކުރަނީ ކެމެރާ ކޮންޓްރޯލްގެ އާ ފީޗާއެއްގެ ގޮތުގައި ތައާރަފްކޮށްފައިވާ އެކްޝަން ބަޓަނެވެ. މި މޮޑެލްތަކަކީ ބެޓެރި ލައިފް ކުރީގެ މޮޑެލްތަކަށް ވުރެ ރަނގަޅު ފޯނުތަކެއްގެ ގޮތުގައި ވެސް އެޕަލްއިން ފާހަގަކުރެ އެވެ.

މި ފަހަރު އައިފޯން 16 އާއި އައިފޯން 16 ޕްލަސްގެ މޮޑެލްތައް ނެރެފައި ވަނީ ކަޅާއި ހުދާއި ފިޔާތޮށި އަދި ޓީލް އަދި އަލްޓްރާމެރިން ކުލައިންނެވެ. އައިފޯން 16 ޕްރޯ އަދި ޕްރޯ މެކްސް ފޯނުތައް ނެރެފައި ވަނީ ކަޅާއި ޓައިޓޭނިއަމާއި ވައިޓް ޓައިޓޭނިއަމްގެ އިތުރުން ނެޗުރަލް ޓައިޓޭނިއަމް އަދި ޑެޒާޓް ޓައިޓޭނިއަމް ކުލައިންނެވެ.

އައިފޯނު 16ގެ ސީރީޒްގައި ހިމެނޭ ފޯނުތައް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެލްމޮބައިލްއިން އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރު ދިނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

އުރީދުއަކީ އަލަށް ނެރޭ އެކި ބްރޭންޑުތަކުގެ ފޯނުތައް ދިވެހިންނާ ހަމައަށް ގެނެސްދޭ ކުންފުންޏެކެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދިވެހިންނާ ހަމައަށް ގެނެސް ދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް