ads
ހއ. ވަށަފަރު ސިޓީ ހޮޓާ ތަރައްގީކުރަމުންދާ ސަރަހައްދު: ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރެޖިސްޓާ ކުރުމަށް މިހާރު ވަނީ އަންގާފަ - ފޮޓޯ: ޒުވާން މަސްވެރިޔާ
އާ ގަވާއިދުގެ ދަށުން ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ހުޅުވާލައިފި
ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހުދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބޭރު ފައިސާއާބެހޭ އާ ގަވާއިދުގެ ދަށުން އެ ވިޔަފާރިތައް އެމްއެމްއޭގައި ރެޖިސްޓްރީ ކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހުޅުވާލައިފި އެވެ.
Advertisement

އެމްއެމްއޭއިން ބުނީ ޓޫރިޒަމް ދާއިރާގައި މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކުން އާ ގަވާއިދުގެ ދަށުން އޮކްޓޯބަރު 31، ގެ ކުރިން އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.

އެމްއެމްއޭގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް" މެދުވެރިކޮށް ރަޖިސްޓްރޭޝަން ކުރިއަށް ގެންދަން ވަނީ އަންގާފަ އެވެ.

އެމްއެމްއޭއިން ބުނީ، މި ގަވާއިދަށް އަމަލު ކުރަން ފަށާ ދުވަހުގެ ފަހުން މީރާގައި ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުން، މީރާގައި ރަޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަންވާނެ ކަމަށެވެ.

މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް އިތުރަށް ފުޅާ ކުރުމަށާއި ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަމަކަށްވާތީ، ހުރިހާ ފަރާތްތަކުން ވެސް މި ކަމަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން އެދެ އެވެ.

އެ އޮތޯރިޓީންވަނީ މި ކަަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ، 3012121 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވުމަށް، ނުވަތަ އީމެއިލް އަށް އީމެއިލް ކުރެއްވުމަށް އެދިފަ އެވެ.

އިއްޔެ ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން، ޑޮލަރު މާރު ކުރަން ޖެހޭނީ ޓުއަރިސްޓުން އެ ފެސިލިޓީއަކަށް އަންނަ މިންވަރަކުންނެވެ. ރިސޯޓުތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު އެ ފެސިލިޓީއަކުން މާރު ކުރަންޖެހެ އެވެ. ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަންޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް