ads
ޑިމޮކްރެޓްސްގެ ރައީސް ހަސަން - ފޮޓޯ: ސަން
ވެރިން ވަކިކުރުން ސީދާ ރައްޔިތުންނަށް، މިއީ ވަރަށް ބޭނުންވާ ކަމެއް: ހަސަން ލަތީފް
ވެރިން ވަކި ކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް އޮންނަށް ޖެހޭ ކަމަށާއި އެއީ ވަރަށް ބޭނުންވާކަމެއް ކަމަށް ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭ ހިންގުމަށް މީގެ 16 އަހަރު ކުރިން އެކަށައަޅާފައިވާ އޮނިގަނޑާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ރައްޔިތުންނަށް ބާރު ދީގެން ނަމަވެސް ވެރިން ވަކި ކުރުން ސީދާ ރައްޔިތުންނަށް ދޭންޖެހޭ ކަމަށާއި މިފަދަ ބައެއްކަންކަން ސީދާ ރައްޔިތުންގެ ވޯޓަކުން ނޫނީ ނުކުރެވޭނެ ކަމަށް ކަނޑައަޅަން ޖެހޭ ކަމަށެވެ.

"ގަދަބާރުން ފަސް އަހަރު ހިފެހެއްޓިފަ އޮންނަ ވެރިކަމެއް އޮތީމަ ރައްޔިތުންނަށް ވާ ގެއްލުން ވަރަށް ބޮޑު. ވެރިކަން ބަދަލުވާން ޖެހޭ ގަޑީގަ، އެކަން ބަދަލުވާންޖެހޭ. އެއީ އަސްލު އޭގެ ތަބީއަތަކީ. އެއީ މިބުނާ ނިޒާމަކީ." ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވި އެވެ.

މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަން ވެސް ކުރެއްވި ގާނޫނީ ވަކީލު ހަސަން އިތުރަށް ވިދާޅުވީ މިއީ އަބަދު ވެސް، އަދި މިހާރު ވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށާއި މިކަހަލަ ކަންކަން ރައްޔިތުންނަށް ބާރުތަކެއް ދީގެން ނޫނީ ނުނިންމޭނޭކަމަށެވެ.

ހަސަން ވިދާޅުވީ ސީދާ ރައްޔިތުންގެ ވޯޓަކުން ކަންކަން ނިންމުން، އެއީ ގާނޫނު އަސާސީއަށް ބަދަލުގެނެސް ގެން ވާނެ ކަންކަން ކަމަށާއި ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން މިފަދަ ބަދަލުތައް ގެނެސްގެން ނޫނީ މިކަންކަން ނުކުރެވޭނޭ ކަމަށެވެ.

ގާނޫނު އަސާސީގައި ރާއްޖެ ހިންގުމަށް ކަނޑައަޅާފައިވާ ސިފަތަކާއި ކަންކަމަކީ ބަދަލު ނުކޮށް ތިބެންޖެހޭކަންކަން ނޫން ކަމަށާއި 16 އަހަރުވެގެންދިޔައިރު ގައުމަށް ވަމުންދިޔަ ގޮތް ސާފުވެފައިވާކަމަށާއި އެހެންކަމުން ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރައްޔިތުންނަށް ދޭންޖެހޭ ބާރުތައް ދީގެން ނޫނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކުން އަރައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ކަމަކަން ބަލާއިރު ބަދަލު ގެންނަށް ޖެހޭ ކަންކަމަށް ބަދަލު ގެންނަށްޖެހޭ. ގަދަބާރުން ފަސް އަހަރު ހިފެހެއްޓިފަ އޮންނަ ވެރިކަމެއް އޮތީމަ ރައްޔިތުންނަށް ވާ ގެއްލުން ވަރަށް ބޮޑު،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުވުމަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަ އިރު ބޮޑެތިކަންކަން ނިންމުގައި ސީދާ ރައްޔިތުންގެ ދައުރު އޮންނަށްޖެހޭ ކަމަށެވެ. އެގޮތުން ހަސަން ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގައުމު ހިންގުމުގެ ވާހަކަ ދައްކާއިރު އެކަމާ މެދު ގޮތް ނިންމުމަށް ވެސް ރައްޔިތުންގެ ބަހެއް އޮންނަށްޖެހޭ ކަމަށެވެ.

ވެރިން ވަކިކުރުމުގެ ބަހުސް ރަށުތެރޭގައި ދައްކަމުންދަނީ މިދިޔަ 16 އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހިނގަމުންދާގޮތުންނާއި ވެރިކަމާ ހަވާލުވާ ބޭބޭފުޅުން ކަންކަން ކުރައްވާގޮތުން ގައުމަށް ގެއްލުންވަމުންދާކަމަށް ބުނެ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް