އުމުރުން 55 އަހަރުގެ ސިޔާމާއި 23 އަހަރުގެ ޒާރާގެ ކައިވެނީގެ ހަފްލާ މިއަދު ހަވީރު އޮތީ މާލެ އަތޮޅުގައި ސިޔާމު ހިންގަވަމުން ގެންދަވާ އޮޅުވެލި ރިސޯޓުގައެވެ.
ބައެއް ހަބަރުތައް ބުނާ ގޮތުން ޒާރާ ސިޔާމް އާއި ކައިވެނި ބައްލަވައިގަންނަން ރަން ކިޔާފައިވަނީ ދެ ގެސްޓްހައުސްއަށެވެ.
މި ހަފްލާގައި ސިޔާމުގެ ގާތް ބޭފުޅުންނާއި ޒާރާގެ އާއިލާގެ ގިނަ ބަޔަކު ބައިވެރިވިއެވެ.
ކައިވެނީގެ އުފަލުގައި ކަމަދޫގައި ހާއްސަ ޕާޓީއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ސިޔާމް ރިސޯޓުގައި ގެންގުޅުއްވާ ތިން އަސްވެސް އިއްޔެ ވަނީ ކަމަދޫއަށް ގެންގޮސްފަ އެވެ.
ސިޔާމް އާއި ޒާރާގެ ކައިވެނި ބައްލަވައިގެންނެވިއިރު، ސިޔާމްގެ އެހީގައި ކަމަދޫގެ ހުރިހާ ރައްޔިތުންނަށް އުސޫލެއްގެ ތެރެއިން ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސަވާފަ އެވެ.