ads
ލޯކް ސަބާގެ ސްޕީކާ، ޝްރީ އޯމް ބިރްލާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްދަލު ކުރެއްވުން
އިންޑިއާގެ ލޯކް ސަބާގެ ރައީސް އާއި އަބްދުއްރަހީމް ބައްދަލު ކުރައްވައިފި
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ (ލޯކް ސަބާ)ގެ ރައީސް، ޝްރީ އޯމް ބިރްލާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްދަލު ކުރައްވައިފި އެވެ.
Advertisement

މި ބައްދަލު ކުރެއްވުން އޮތީ ޖެނީވާގައި ކުރިއަށްދާ އިންޓަ-ޕާލަމަންޓްރީ ޔޫނިއަން، އައިޕީޔޫގެ 149 ވަނަ އެސެމްބްލީގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ. 

އައިޕީޔޫއަކީ ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅިގެން ގަރާރުތައް ފާސްކުރާ، އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ހިމަނައިގެން އުފައްދާފައިވާ ޔޫނިއަނެކެވެ.

"ސުލްހަވެރި އަމާން އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް ސައިންސާއި ޓެކްނޮލޮޖީ އަދި އީޖާދުގެ ބޭނުންހިފުން" ގެ މައުލޫއަށް ސްވިޒަލެންޑުގެ ޖެނީވާގައި ކުރިއަށް ގެންދާ އިންޓަ-ޕާލަމަންޓް ޔޫނިއަން (އައިޕީޔޫ) ބައްދަލުގައި މަޖިލިހުގެ ރައީސް އަބްދުއްރަހީމް ރޭ ވަނީ ތަގުރީރު ވެސް ކުރައްވައިފަ އެވެ.

މި އަހަރުގެ އައިޕީޔޫ ފަށާފައިވަނީ މެންބަރު 135 ގައުމަކުން 1،500އަށްވުރެ ގިނަ ބައިވެރިންނާ އެކުގައެވެ.

މިދިޔަ އާދިއްތައިގައި ފެށި އައިޕީޔޫ ކުރިޔަށްދާނީ އަންނަ ބުރާސްފަތީގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ބައިވެރިވެވަޑައިގަންނަވަ އެވެ.

މިދިޔަ އާދިއްތައިގައި ފެށި އައިޕީޔޫ ކުރިޔަށްދާނީ މާދަމާގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް