ads
ވޭޕްމަނާކުރަން ނިންމުމުން ގިނަ ބަޔަކު އަންނަނީ ރައީސް ޑރ. މުއިއްޒުގެ މި ނިންމެވުމަށް މަރުހަބާ ކިޔަމުން
ވޭފް މަނާކުރާތީ ޑަބްލިއުއެޗްއޯގެ ތައުރީފު ރާއްޖެއަށް
ރާއްޖޭގެ ވޭޕްކުރުން މަނާކުރަން ނިންމި ނިންމުމަކީ ވޭޕް ބޭނުންކުރުން އިތުރުވަމުން އަންނަ އައުން ހުއްޓުވުމަށް ކުރި މުހިއްމު މަސައްކަތެއްކަން ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް މަރުހަބާ ކިޔައިފިއެވެ.
Advertisement

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 ދުވަހުން ފެށިގެން މަނާކުރަން ރަޢީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އަދި ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުމަކީވެސް މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމަވާފައިވާކަންވެސް ރައީސް މުއިއްޒު ވަނީ އިއުލާންކުރައްވާފައެވެ. 

މި ނިންމެވުމާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން (ޑަބްލިއުއެޗްއޯ) މި ވަނީ ރާއްޖެއަށް މަރުހަބާ ކިޔާފައެވެ. ޑަބްލިއުއެޗްއޯގެ ސައުތް އީސްޓް އޭޝިއާ ރީޖަން އިން ބުނީ ރާއްޖޭގެ މި ނިންމުމަކީ ޒުވާން އުމުރުފުރާގެ މީހުންގެ މެދުގައި ވޭޕް ކުރުން ކަންބޮޑުވާ މިންވަރަކަށް އިތުވެފައިވާއިރު އެ ޓްރެންޑް ހުއްޓުވުމަށް ކުރި މުހިންމު މަސައްކަތެއްކަމަށެވެ. އެ ޖަމްއިއްޔާއިން ބުނީ ރާއްޖޭގައިވެސް ކުދިން ވަރަށް ޅައުމުރުގައި އީސިނގިރޭޓް ބޭނުންކުރާކަން ދިރާސާތަކުން ދައްކާކަމަށެވެ. 

" 2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބެކޯ ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން ވަނީ އީ-ސިނގިރޭޓް ބޭނުންކޮށްފައި." ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ ނިންމުމަށް މަރުހަބާ ކިޔާ އެކްސްގައި ކުރި ޕޯސްޓްގައިވެއެވެ.

ދުންފަތުގެ ހުރިހާ ބާވަތަކީވެސް ގެއްލުންހުރި އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ކެންސަރާއި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރު ބަލި ފަދަ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރު ކަމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފެއެެވެ.  

ދިވެހި ޑޮކްޓަރުންގެ ޖަމްއިއްޔާއިން އިން ނެރުނު ބަޔާނުގައި ބުނީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އުމުރުން 18 އަހަރުވުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާކަމަށެވެ. ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ ސިއްހީ މައްސަލަތައް ދިމާވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. 

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ޝާއިއުކޮށްފައިވާ ގޮތުން ފުއްޕާމޭގެ ކެންސަރު ބަލީގެ 85 ޕަސެންޓް ސަބަބަކީ ދުންފަތުގެ ސީދާ ދުންކަމަށް ޑޮކްޓަރުންގެ ޖަމިއްޔާގެ ބަޔާނުގައިވެއެވެ. 

ވޭޕް މަނާކުރަން ސަރުކާރުން ނިންމުމުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުން މަޖިލިހަށް ފޮނުވާނެކަމަށް ދައުލަތުގެ ބަންދާރަ ނައިބު ވަނީ ވިދާޅުވެފައެވެ. މި އިސްލާހުތަކުގައި ބޮޑެތި ޖޫރިމަނާތައް ވަނީ ހިމަނާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް