ads
ދަނޑުވެރިންނަށް މާލީ އެހޭ ދޭން ޕްރޮގްރާމް ފެށުމުގެ ތެރެއިން
ރާއްޖޭގެ ދަނޑުވެރިންގެ 57 ޕަސަންޓަކީ އަންހެނުން: މިނިސްޓަރު ރަމީލާ
ރާއްޖޭގައި ދަފްތަރު ކުރެވިގެން މަސައްކަތްކުރާ ދަނޑުވެރިންގެ ތެރެއިން 57 ޕަސަންޓަކީ އަންހެން ދަނޑުވެރިން ކަމަށް އެގްރިކަލްޗާ މިނިސްޓަރު އައިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.
Advertisement

އިޓަލީގެ ރޯމްގައި ކުރިއަށްދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިއުރިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގޯތިތެރޭގައި ގަސްހެއްދުމާއި ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދައި ވިއްކުމުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށެވެ.

އަންހެން ދަނޑުވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލީ އެހީތެރިކަން ހޯދުމުގައި ދިމާވާ ދަތިތައް ކަމަށް ފާހަގަކުރައްވައި، މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މިހާރު ކުރިއަށްގެންދާ "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމުގެ 30 ޕަސަންޓު އަންހެން ދަނޑުވެރިންނަށް ހާއްސަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންހެނުން ބާރުވެރިކުރުމަށް އެކުލަވާލާފައިވާ ގައުމީ ސިޔާސަތުތަކުގެ ދަށުން މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އަދިވެސް އަންހެނުން އިގްތިސާދީ ފުރުސަތުތަކާއި މާލީ އަދި ފަންނީ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ފަސްޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ކާނާގެ ނިޒާމު ތަރައްގީކޮށް ކުރިއެރުވުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޔޫއެންޑީޕީ، އެފްއޭއޯ އަދި އައިއެފްއޭޑީ ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދެމުންދާ އެހީތެރިކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް