ފުލުހުން ބުނީ އެޕޯލޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލައިގެން ވައްކަން ކޮށްފައިވާ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެވައްކަމުގައި އެ އޮފީހުގެ ތިޖޫރީ ހަލާކުކޮށްގެން 1.7 މިލިއަން ރުފިޔާ އަދި 2200 ޑޮލަރު ވަގަށް ނަގާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެމައްސަލަ އާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު އެމައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.