ads
ހޯމް މިނިސްޓަރު އަލީ އިހުސާން
15 މިލއިަން ޑޮލަރުގެ ބަދަލު ހޯދަން އެދުނު އެއްބަސްވުމުން މިހާރު ވަނީ 900 މިލިއަނުގެ ފައިދާ
ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް ސިސްޓަމާ ގުޅިގެން 15 މިލިއަން ޑޮލަރުގެ ބަދަލު ހޯދަން އެދުނު މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށް، އަހަރަކު 900 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިން ދައުލަތަށް ލިބެމުން އައީ 600 މިލިއަން ރުފިޔާ އެވެ.

ބެސްޓިނެޓާއެކު އެންމެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ 2016 ވަނަ އަހަރު އެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން އެއްބަސްވުން ހުއްޓާލުމާ ގުޅިގެން އެ ކުންފުނިން ވަނީ 15 މިލިއަން ޑޮލަރުގެ ބަދަލު ހޯދަން އެދިފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދައުލަތަށް ނުކަތާވަރުގެ ބޮޑު ބަދަލެއް ދެވެން ނެތުމުން، އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމީ އެވެ. އަދި މިހާރުގެ އެއްބަސްވުމަކީ ދައުލަތަށް ފައިދާ ބޮޑު އެއްބަސްވުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ ސަލާމަތާ ގުޅުން ހުރި މިފަދަ ކަންކަމުގައި އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް މިނިސްޓަރު ވަނީ އިދިކޮޅު ފަރާތްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް