ads
ފޮޓޯ: ޕްރައިވެޓް ޖެޓް. ވީއައިޕީ
ޕްރައިވެޓް ޖެޓް ވިޔަފާރިން ދިވެހި ކުންފިނިތަކަށް ފައިދާ ވޭތޯ ކަށަވަރުކުރަނީ
ޕްރައިވެޓް ޖެޓް ވިޔަފާރީން ލިބޭ މަންފާއަކީ 100 އިންސައްތަ ދިވެހި ކުންފުނިތަަކަށް ވަންނަ ގޮތަށް ހެދުމުގެ ގޮތުން، އެ ވިޔަފާރީ ހަރުދަނާކޮށް ގަވައިދަށް ބަދަލުގެންނަން ހަަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ޖެޓް ހޭންޑލިން އަކީ ރާއްޖޭގައި ހިނގަމުންދާ ވަރަށް ބޮޑު ހިދުމަތެއް ކަަމަށެވެ. އެގޮތުން ކުދި ޖެޓްތަކުގޭ ވަކި ކޮމާޝަލް ފްލައިޓުގެ ބަދަލުގައި ނޫނީ ޕެސެންޖާ ފްލައިޓްގެ ބަދަލުގައި ރާއްޖޭގެ ޓޫރިޒަމަށް ހާއްސަކޮށް އޮތް ގޮތުން ޕްރައިވެޓް ޖެޓް ވަރަށް ގިނައިން ރާއްޖެއަށް އަންނަކަން މިނިސްޓަރު އަމީން ފާހަގަކުރެއްވި އެވެ.

އެކަމަކު އެ ވިޔަފާރީގައި ރާއްޖޭގެ ޖެޓް ހޭންޑލިންގައި ވަރަށް ބޮޑަށް އޮންނަނީ ނެޓްވޯކް ކޮންޓްރޯލް ކުރުމުގެ ސްޓްރެންތް ނެތިފައިކަަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ކައިރި ބައެއް ގައުމުތަކުގެ ކުންފުނިތަކުންނާއި އެހެން ފަރާތްތަކުން ބައެއް ދިވެހީން ކުރިމަތީގައި ބަހައްޓައި، ކުޑަ ކުޑަ އުޖޫރައެއް ލިބޭގޮތަށް މުޅި، ހުރިހާ މަންފާއެއް ބޭރު ފަރާތްތަކަށް ދިޔުމުގެ ނިޒާމެއް ރާއްޖޭގައި ފެތުރިފައި އެބަ އޮތް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެތެރެއިން ހިމެނެނީ ހަަމައެކަނި ޖެޓް ހޭންްލިން އެއް ނޫން ކަަމަށާއި  ބޮޑެތި އެއާލައިންތަކުގެ ޖީއެސްއޭ، ޕީއެސްއޭވެސް އެކަހަލަ ގޮތަކަށް ހިނގަމުން ދަާކަމަަށް މިނިސްޓަެރު ވިދާޅުވި އެވެ. އަދި ޓެރޮޓޯރިއަލް ނުވަަތަ އެއްކޮށްލާގެން ކުންފުންޏެއްގެ ދަށުން ދިވެހި ކުންފުންޏެއްގެ ނަމުގައި، ކުންފުޏެއް އުފައްދާފައި ދިވެއްސަކު ބަހައްޓާގެން އެކަހަލަ ކަންތައްތަކެއް ހިނގަމުން ދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސްގެ ވިސްނުންފުޅެއް ނޫން އެއީ، ރާއްޖޭގައި ދިވެހި ފަސްގަނޑުން ލިބޭ މަންފާއަކީ ދިވެހި ރައްޔިތުންނަށް ކުންފުނިތަކަށް އޭގެ ފުރިހަމަ ގޮތުގައި ލިބެންވާނެ މަންފާއެއް ގޮތުގައި، ސަރުކާރުން ގަބޫލުކުރަނީ، ހަރުދަނާ ބަދަލުތަކެއް އާ އަހަރު ފެށޭއިރަށް ގެންނާނަަން އިއުލާން ކުރާނަން، ގަވައިދުތަަކަށްވެސް ބަދަލު ގެންނާނަން. ޕްރައިވެޓް ޖެޓް ވިޔަފާރީ ހަރުދަނާކޮށް، ހިންގާ ގަވައިދަށް ބަދަލު ގެންނާނަން ،ސަރުކާރުން ބޭނުންވަނި މިކަމުން މަންފާ ލިބޭ ކުންފުނިތަކަކީ 100 އިންސައްތަ ދިވެހި ކުންފުނިތައް ގޮތަށް ބޭއްވުން" ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އޭގެއިތުރުން މި އިންޑަސްޓްރީގައި އުޅޭ ހުރިހާ ބޭފުޅުނަނަށްވެސް ބޭނުން ކުންފުނިތައް ގާނޫނުގައި އޮންނަ ގޮތުން ހެއްދެވުނު ކަމުގައިވިޔަސް، ކުންފުންޏެއް ހަދާފައި އޭގެ ބެކް އެންޑްއަށް ވަދެ ބޭރުގެ ފަރާތްތަކަށް މިހުރިހާ މަންފާއެއް ދާނެގޮތަކަށް ކަންތައްތައް އިންތިޒާމް ނުކުރެއްވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ

އަދި ސަރުކާރުން އެކަންކަން ބަލާ، އޮޑިޓްވެސް ކުރާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެގޮތަށް ދިވެހި ކުންފުންޏެއް ހަދާފައި އިންވޯލްމަންޓެއެއް ނެތި ބޭރު ކުންފުނިތަަކަށް އެހުރިހާ މަންފާއެއް ގެންދެވޭގޮތަށް އިންތިޒާމްވެގެން ހިނގަމުންދާ ވިޔަފާރިއަށް ބަދަލުތަކެއް ސަރުކާރުން ގެންނާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ބަދަލުގެނާމައި ދިވެހި ފަސްގަނޑުން ލިބޭ މަންފާ ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހި ކުންފުނިތަކަށް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް