ads
މިނިސްޓަރު އަމީން
ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ގެއްލުން ނުވާގޮތަށް ނިޒާމް ބަދަލު ކުރެވިދާނެ
ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ގެއްލުން ނުވާގޮތަށް ނިޒާމް ބަދަލުކުރެވިދާނެކަަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވަނީ ސަރުކާރުން އެއްވެސް މާހައުލެއްގައި ޓެކްސީ ލައިނެއް އުފައްދާ ވާހަކައެއް އިއުލާންކޮށްފައި ނޯންނާނެ ނަމަވެސް އޭގައި އެއް ހަގީގަތެއް ވާކަމަށް ވިދާޅުވެފަ އެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ވާނީ ވަަރަށް ގިނަ ސާވޭތަކުގެ އެނަލައިސިސް ހަދާފައި ކަމަށާއި މިހާރު ދިމަވެގެން އުޅޭ މައްސަލައަކީ މިއަދު ނޫނީ އިއްޔެ ވީކަމެއް ނޫންކަމަށް އަމީން ވިދާޅުވި އެވެ. އެގޮތުން ޓްރާނސްޕޯޓް ޓެކްސީ ގަވައިދު މިސަރަހައްދުގައި އޮންނަތާ ވަަރަށް ގިނަ ދުވަސްވީ ނަމަވެސް އެއަކަށްވެސް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މަގުމަތީގެ ހާލަތުވެސް މިހާރު އޮތްގޮތަށް އޮތީ 17 ނޮވެމްބަރުން ފެށިގެނެއް ނޫންކަމަށާއި އާންމު ފަރާތްތަކުން ޓެކްސީ ހޯދަން ބޭނުންވީމަ ނުލިބޭ މައްސަލައަކީ ވަަރަށް ގިނަ މީހުންގެ ކަންބޮޑުވުން އޮންނަ މައްސަލަތަކެއް ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާލެ ނޫނިއްޔާ ހުޅުމާލޭގައި އެއްސަރަހައްދުން އަނެއް ސަރަހައްދަށް ދާން ބޭނުންވީމަ ނުލިބޭ ވާހަަކަ އެޕުގަިއވިޔަސް ނުވަަތ ރިކުއެސްޓްކޮށްފިއްޔާ ބްރިޖް ހުރަސްކޮށްފައި މާލެއިން ހުޅުމާލެއަށް ޖަހާފިއްޔާމުން ލިބޭ ވާހަަކަ، އަދި ގެނެއްސަ މާލޭގެ އެއްތަނުން އަނެއްތަަނަށް ދާއިރު އެބޭފުޅުނަަށް އެލާރި ދިނީމާ ދޭން ޖެހޭ ވާހަކަ" މިނިސްޓަރު ވިދާޅުވި އެވެ.

ޓެކްސީތަކުގެ ސެކިއުރިޓީގެ މިންވަރު އެގޮތަށް ޕްރައިވެޓްކޮށް އެންމެންގެ ހުރަހެއްނެތި މިއޮށްހާ ގިނަ ދުވަސްވީރު ޓެކްސީތަކުގެ ސްޓޭންޑާޑް، ހާލަތު ދަށްވެފައި ހުރި ކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ. ޓެކްސީތަކުގެ ސެކިއުރިޓީ، އެ ދުއްވާ ބޭފުޅުންނާ، ޕެސެންޖަރުންނާ ޓެކްސީ ގަވައިދުގައި ކަނޑައެޅިފައި ހުރި މިންގަނޑުތަކަށް ޓެކްސީ ސާވިސް ނާސްގެން އުޅޭ މައްސަލަތަށް މިއީ އިއްޔެއަކު ނޫނީ މިއަދަކު އާއްސަ އުޅޭ ކަންތަކެެއް ނޫން ކަމަށާއި މިއީ ކުރިންވެސް ހުރި ހިނގަމުން ގޮއްސަ ހުރި ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ،

"މިސަރަހައްދަށް ވަރަށް މީހުން ޖަމާވެ އިތުރުވަމުން ދާއިރުގައި، އެބޭފުޅުނަަށް ބޭނުންވާ އަދަދަށް އެ ހިދުމަތް ލިބެން ނެތް ވާހަކަ، މިއީ އަންޑިނައައިބަލްކޮށް ފެންނަން ހުރި ހަގީގަތްތައް، އެހެންވީމާ ކިހާހިސާބަކުންތޯ އަޅުގަނޑުމެން މި ސްޓޭންޑާޑް ބަދަލް ލުރަން މަސައްކަތް ކުރާނީ" މިނިސްޓަރު ސުވާލުއުފެއްދެއްވި އެވެ.

ސްޓޭންޑާޑްތައް ބަދަލުކުރެވޭނެ ގޮތްތަކަށް އަލިއަޅުއްވާލަމުން މިނިސްޓަރު ވިދާޅުވީ އެއްގޮތަކީ ޓެކްސީގެ ހިދުމަތްދެއްވަން އެ މަސައްކަތް ކުރާ ބޭފުޅުންނަށް ވިޔަފާރި އުސޫލުން އެބޭފުޅުން ކަންތައް ކުުރައްވާއިރު އެބޭފުޅުންނަށް ގެއްލުމެއް ނުލިބި ނޫނީ އެބޭފުޅުންގެ ވިޔަފާރީއަށް ގެއްލުމެއް ނުލިބި އެކަން ކަން ކުރުން ކަަމަށެވެ.

"މި ސަރުކާރުންވެސް އަޅުގަނޑުވެސް އެންމެ މުހިއްމުކަން ދޭނީ އެޔަގީންކަން، މީގައި ދިމާވެފައި ހުރި ބައެއް ކަންތައްތަކުގައި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި ކަަނޑައެޅުއްވި އެސޯސިއޭޝަން، 4 ނުވަތަ 5 ބޭފުޅެއް އަޅުގަނޑާ ބައްދަލުކުރެއްވި، އެބޭފުޅުންނަށް އަޅުގަނޑު އެދުވަހުވެސް ދިން ޔަގީންކަމަކީ އެބޭފުޅުންގެ ވިޔަފާރިއަށާއި، ހިދުމަަތަށް ގެއްލުންވާނެ އެއްވެސް ގޮތަކަށް ސަރުކާރުން އަމަލެއް ނުކުރާނަމޭ، އެވާހަަކަ އެހެންގޮތަަކަށް ޓްވިސްޓް ކުރައްވައިގެން މިނިސްޓަރު ދެއްވި ޔަގީންކަން އަނބުރާލެއްވިނަމަ، މިނިސްޓރު ދެއްވި ޔަގީންކަން އަނބުރައެއް ނުލަން!، މިއަދުވެސް މި ދަންނަނަވަނީ އެވިޔަފާރީގައި ތިބި ބޭފުޅުންނަށް ސަރުކާރަކުންނެެއް އެއްވެސް ދެރަވާގޮތަކަށް އެއްވެސް ކަމެއް ނުކުރާނަމޭ" އަމީން ވިދާޅުވި އެވެ.

ދެވަނަ ކަމަކީ އާންމު ރައްޔިތުންނަށް ޓެކްސީ ހިދުމަތް ހޯދާކަމަށްވާއިރު ނިސްބަތުން ބަލާއިރުގައި ޓެކްސީއަށް ކަނޑައެޅިފައި ހުރި އަދަދުތަަކަށްވުރެ ބޮޑު ކުރުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އާންމު ފަރާތްތަކުގައި އެހާ ތަނަވަސްކަމެއް ނެތްކަމަށާއި އެހެންވީމާ މިހާރު ކަނޑައެޅިފައި ހުރި  އަގުތަކަށް ބަދަލުނުކޮށް ކޮންމެސް ނިޒާމެއްގެ ތެރެއިްނ ޓެކްސީ ސާވިސްގެ ސްޓޭންޑާޑް މައްޗަށް ޖައްސަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ސެކިއުރިޓީ ގޮތުން ބެލޭނެ ވާހަކައަކީ އެއަށް އަރާ ޕަސެންޖަރުންނާ ޓެކްސީ ޑްރައިވަރުންގެ އެމީހުންގެ ރައްކާތެރިކަަމށް މިންގަނޑުތައް އިމްޕްލިމެންޓް ކުރުންް ކަމުގައި އަމީން ވިދާޅުވިއެވެ. އަދި އާސްޓޭންޑާޑްސްތަކެއް، އާ އިކުޕްމަންޓްތަކެއް މި ސިސްޓަމްތެރެއަށް ވެއްދި، ކުރެވިގެން ނޫނިއްޔާ، މިހާރު އޮތް ފްލީޓް އަށް ބަދަލެއް އަންނާނެނަމަ މިއޮށްހާދުވަހު އެ ބަދަލު އޮންނާނީ އައިސްފައިކަން އަމީން ވިދާޅުވި އެވެ.

"މައްސަލައަަކަށް ދިމާވެގެން މިއުޅެނީ ބައެއް ބޭފުޅުން މިއެއްޗެހި ޕޮލިޓިސައޒް ކުރައްވާފައި، މިއެއްޗެއްސަށް ނުބައި ސްޕިނއެއް ލައްވާތީ، މިއީ އިއްޔެއަކު މިއަދަކު އައިސްގެން އުޅޭ މައްސަަލައެއް ނޫނެއްނު މީ؟ އެހެންވީމާ އަޅުގަނޑުމެން މިކުރަން އުޅޭ މަސައްކަތަކީ ޓެކްސީ ޑްރައިވަރުންނަށް، އެބޭފުޅުންގެ އޮޕްޗުނިޓީއަށް އެެއްވެސް ގެއްލުމެއް ނުލިބޭގޮތަށް، މިދެންނެވި މިންގަނޑަށް ހުރިހާ ކަމެއް އުފުލާލަން އެނގޭތޯ" އަމީން ވިދާޅުވި އެވެ.

އެ ހިދުމަަތް ސަރުކާރުން ފޯރުކޮށްދޭން ބޭނުންވަނީ ކެޕޭސިޓީ ކަށަވަރުކުރުކޮށް، ރައްކާތެރި ވެހިކަލަތަކަކަށް ބަދަލުކޮށް އަދި މާހައުލާ ޒަމާނަށް ފެތޭ ވަރުގެ، ހިތްފަސޭހަ ކަމާއެކީގައި ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާލޭގެ އެއްތަނުން އަނެއްތަަނަށް ދާން އުޅުނަސް އެ ލިބޭނެ ގޮަތަކަށް ސިސްޓަމެއް އޮންނަންޖެހޭ ކަަމަށާއި ޒަމާނާ އެއްގޮތަަށް މިކަނތަައް ބަދަލުވާން ޖެހޭ ަކަމަށް އަމީން ވިދާޅުވި އެވެ. އޫބާ ސިސްޓަމަކަކަށްނަަމަވެސް ކަށަވަރުކުރެވޭން ޖެހޭނީ އަބަދު އެ ލިބޭނެ ކަމުގެ ގެރެންޓީކަމަށް މިނސްޓަރު ވިދާޅުވި އެވެ. 

މިއީ ސަރުކާރުން ކުރަން ބޭނުންވާ މަސައްކަތް ކަމަށާއި މީގެން ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުމަކަށްވެސް މައްސަލައެއް ނުޖެހޭނެ ކަަމށް އަމީން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް