ads
އިހްސާސް
އިހްސާސް - 16 ވަނަ ބައި
އެޕިސޯޑް 16
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

ލުއި ހިނިތުންވުމަކާއެކު ކިއާރާގެ ކޮޓަރިއަށް އަހާންވަނެވެ. އެނދާއި ކައިރިއަށް ޖެހިލަމުން ކިއާރާއަށް ނަޒަރުހިންގައިލި އެވެ. ތަރުތީބެއް ނެތި މޫނުމައްޗަށް ހުރަސްއެޅެމުންދިޔަ ފަށުވި އިސްތަށިތައް ފަރުވާތެރިކަމާއެކު އެއްފަރާތް ކޮށްލި އެވެ. މައުސޫމްކަމާއި ތެދުވެރިކަން އެ ލޮބުވެތި މޫނުގައިވެ އެވެ. ގައިމަތީގައި އަޅާފައިވާ މަޑުމަޑު ކުއިލްޓް ތަރުތީބު ކޮށްލި އެވެ. އަތުގައި އޮތް ވާހަކަ ފޮތް ނަގާފައި ސައިޑްޓޭބަލްމަތީގައި ބާއްވާލި އެވެ. ނުހަނު ލޯތްބާއެކު ކިއާރާގެ ބޮލުގައި ފިރުމާލާފައި ނިއްކުރީގައި ތުފްތަފް ބީއްސާލަމުން ލޯ މަރައިލި އެވެ. ލުއިގޮތަކަށް ހިނިތުންވަމުން، ކިއާރާގެ ނިންޖަށް ހުރަސްނޭޅޭނެގޮތަށް ދެމީހުންގެ ނިއްކުރި މަޑުމަޑުން ޖައްސާލި އެވެ. 

"އަހަންނަށް މައާފުކުރޭ ކިއާރާ.. ޕްލީޒް..! އައި ނީޑް ޔޫ އިން މައި ލައިފް..! އަހަރެންނާއި ދުރަށް ދާން މަސައްކަތް ނުކުރޭ.. ޕްލީޒް ބޭބީ ގަރލް..! ކިއާރާގެ ތިޔަ ހިމޭންކަމާއި، ދުރުކަން އަހަރެންގެ މި ހިތް ރޮއްވާލައިފި.. ތަކުރާރުކޮށް، ކޮންމެ ދުވަހެއްގެ އެތައް ފަހަރަކު މި ހިތް އާދޭސްކުރަނީ ތި މައުސޫމްކަމަށް..! ތި ނޫން އެހެން އިންސާނަކު މިހިތް ބޭނުމެއް ނުވޭ... އަހަރެންގެ މި އިހްސާސްތައް ކިއާރާ ގަބޫލުކުރާނީ ކޮން ދުވަހަކުން..؟ މި ދުރުކަން ތަހަންމަލްކުރާން ދެން ކެތެއް ނުވާނެ..!" ނިއްކުރިއާއި މޫނުގެ ދެފަރާތުގައި ބޮސްދެމުން ކިއާރާގެ ބޮލުގައި އަހާން ފިރުމާލި އެވެ. 

މަޑުމަޑުން ދުރަށް ޖެހިލައި ކޮޓަރީން ނިކުންނަމުންވެސް އަހާން ބަލައިލީ ކިއާރާގެ މޫނަށެވެ. ދޮރުލެއްޕުމާއެކު ކިއާރާ ލޯ ހުޅުވާލި އެވެ. އެތައް އިރަކު ހިފެހެއްޓި ކަރުނަ އިތުރަށް ކޮންޓްރޯލެއް ނުކުރެވުނެވެ. 

"ކީއްވެ ތިހެން ތިއުޅެނީ އަހާން...؟ އެންމެ ފަހަރަކުވެސް ސާފު އިބާރާތުން ލޯބިވާކަމަށް އިއުތިރާފްވާން ނުކެރިގެން ތިއުޅެނީ ކީއްވެ..؟ ރެއާއި ދުވާލު ލޯބީގެ ރިހުމުން އެތައް ވޭނެއް ތަހަންމަލްކުރަނީ ހަމައެކަނި އަހާންއެއް ނޫން.. މިހިތުގައިވެސް ވޭން އަޅާ.. ވަރަށް ބޮޑަށް ރިއްސާ.. ކެތްނުކުރެވޭ ވަރަށްވެސް ތަދުވޭ..!" އަމިއްލަ ހިތާއި ސިކުނޑިއާއި ޝަކުވާކުރަމުން ކިއާރާ ދެ ލޯ މަރައިލީ އިތުރު ދުވަހަކަށް އިރުއަރާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ. 

..............

އަހާންގެ ކޮޓަރީގެ ދޮރުގައި ކިއާރާ ޓަކި ޖަހައިލި އެވެ. 

"ކަމް އިން" ލާނެއް ހިންޏެއްއައިސްފައި އަހާން ބުނެލި އެވެ. ލިބުނު ކާމިޔާބީގައި ހިތް ނަށާލި އެވެ.

އަހާން ކުރަމުންދިޔަ މަސައްކަތް ހުއްޓާލާފައި ލެޕްޓޮޕް ލައްޕާލި އެވެ. އޭނާގެ ފުރިހަމަ ސަމާލުކަން  ކިއާރާއަށް އަމާޒުކުރިކަން އަނގާލަމުން އެއްބުމަ މައްޗަށް ހިއްލާލީ ކިއާރާ އައިބޭނުމެއް ބުނެދިނުމަށެވެ. ނުތަނަވަސްކަމާއެކު ކިއާރާއަށް އިސްޖަހައިލެވުނީ އޭސީގެ ފިނިކަމުގައިވެސް ނިއްކުރިން ދާހިއްލާން ފެށިހެން ހީވެގެންނެވެ. ކިއާރާގެ ހާލަތު ވަރަށް ރަގަޅަށް އެނގިހުރެ އަހާންގެ ސޯފާގައި އޭނާ  ހަމަޖެހިލި އެވެ. ގަސްތުގައި ކިއާރާ ލަދުގަންނަވާލުމަށް، ކިއާރާއަށް ނުހަނު ޝައުގުވެރިކަމާއެކު އަހާން ބަލަންފެށި އެވެ. 

"އަހާން ކީއްވެ ތިގޮތަށް ކަންތައް ތިކުރަނީ..؟" ވަރަށް މަޑުމަޑުން ކިއާރާ ސުވާލުކުރި އެވެ.

"ކޮން ގޮތަކަށް..؟" ލާނެއް ރާގެއްގައި އަހާން ސުވާލުކޮށްލީ އެއްމިޔަކަނުން ހިނިއައިސްފައި އިނދެ އެވެ.

ކިއާރާގެ ލަދުވެތިކަމާއި ޖެހިލުންވުން އުދުހިގެންދިޔަ ދިމާއެއްވެސް ނޭގުނެވެ. ރުޅިއައިސްފުފިފައި އަހާންއާއި ދިމާއަށް ބަލައިލި އެވެ. ލިބުނު ކާމިޔާބުގައި އަހާންގެ ހަށިގަނޑު ކަސްރަތީގޮތަކަށް ދެމިލަމުން އެއްފައިމައްޗަށް އަނެއްފައި ލައިގެން ކުރިއަށްވުރެންވެސް ހަމަޖެހިލި އެވެ.

"އަހަރެން މިއީ އަހާންއަށް އެއްވެސް މީހެއް ނޫނެއްނުން.. ދެން ކީއްވެ ހައްޔަރުކޮށްގެން މިތާ ގެންގުޅެން ތިވިސްނަނީ..؟ އެހެން މީހަކާ އަހަރެންގެ ކައިވެނި ހަމަޖައްސާފައި އެކަން ކުރުވަން ހުރިހައި ކަމެއްކުރީވެސް އަހާން ނޫންތަ؟ އެގޮތާއި އަހަރެން ރުހިގަބޫލުތޯ ނޫންތޯ އެންމެ ފަހަރަކުވެސް ސުވާލު ނުކުރޭ..! އަހާން އާއެކު އަހަރެން ދިރިއުޅެން ބޭނުންތޯ ނޫންތޯ އެންމެ ފަހަރަކުވެސް ސުވާލު ކޮށްނުލާ..؟ އަހަރުމެން ދެމީހުންގެ ގުޅުމަށް އިތުރު ފުރުސަތަކަށް އެދި އެކަމަށް އަހާން އިސްނެގިއްޔާ ކީއްތަ ވާނީ..؟" 

ވަޅުލެވިފައިވާ އެތައް ޖަޒުބާތުތަކެއް ނިކުންނާންފެށީ ކޮން ދިމާއަކުންކަންވެސް ކިއާރާއަށް ނޭގުނެވެ. އަހާންގެ ކުރިމައްޗަށް ގުދުވެ އޭނާގެ ގިރުވާނުގައި ހިފާފައި ދެއަތުގެ ތެރޭގައި ބޮނޑިކޮށްލި އެވެ. ލިބުނު ކާމިޔާބުގައި ހިނިތުންވުން ފޮރުވަމުން ދެމީހުނންގެ ނޭފަތުކުރި ބީހިލާވަރަށް އަހާން ކިއާރާއާއި ގާތްވި އެވެ. އަދި މޫނުމައްޗަށް ހުރަސް އަޅަމުންދިޔަ އިސްތަށިތައް އެއްފަރާތް ކޮށްލި އެވެ.

"ތިމާގެ އެކުވެރިޔާ އިނގިލީގައި އަޅުވާނެ އަނގޮއްޓި ގެނެސް، އަހަރެންގެ އަތުގެ ތެރެއަށް ލައިދިންއިރު މިހިތތަށް އެކަށްޗެއްވެސް ނާރާތަ؟" އަހާންގެ މޭގެ ވާތްފަރާތުގައި ބާރަށް ތަޅަމުން ކިއާރާ ސުވާލުކުރި އެވެ. 

"އަހާންގެ މިތާގަ ހިތެއްވެސް ނޯވޭނުން..! އެހެންވީމަ ތަދެއްވެސް ނުވާނެ..! އަހަރެންގެ ހާލަތަށް ހަމްދަރުދީގެ ޒައްރެއްގެ މިންވަރުވެސް ނުއުފެދޭތަ؟ މިހުރިހައި ދުވަހު އަހަރެންނާއެކު ދިރިއުޅުނުއިރު މި ހިތުގައި ކުޑަކޮށްވެސް ލޯތްބެއް ނޫނީ އޯގާތެރިކަމުގެ ވިންދެއްވެސް ޖަހައިނުލަނީތަ..؟ އަހާންއަކީ ތިއީ ވަރަށް ސެލްފިޝް މީހެއް...! އަމިއްލަ އެދުމާއި ތިމާ ބޭނުންވާ ގޮތް ނޫން އެހެން އެއްވެސް ކަމެއް އަހާންއަށް މުހިއްމެއް ނޫން.. އަހާން ތިއީ ވަރަށް ވަރަށް ގޯސް މީހެއް..! އެހެން މީހަކާ ދޭތެރޭގައި ކުޑަކޮށްވެސް ވިސްނާ މީހެއް ނޫން ތިއީ..!" ރުޅިވެރިކަމާއެކު ދެ ކޯފުށްޕާލާފައި ސޯފާމައްޗަށް އަހާން ކޮށްޕާލެވުނު ކަމެއްވެސް ކިއާރާއަށް ނޭގުނެވެ.

ދެލޮލުން ފައިބަމުންދިޔަ ކަރުނައިގެ ތެރެއިން އަހާންގެ ލާނެއް ހިނިތުންވުން ފެންނަމުންދިޔައީތީވެ ކިއާރާގެ ރުޅިގަނޑު އިތުރަށް ގަދަވަމުންދިޔަ އެވެ.

"އައި ހޭޓް ޔޫ.. އައި ހޭޓް ޔޫ ސޯ މަޗް.. އަހަރެން އަހާންއަށް ނަފްރަތުކުރަން.. ދުވަހަކުވެސް އަހާންއަށް އަހަރެން މައާފެއް ނުކުރާނަން.." ކިއާރާގެ ހަށިގަނޑު އަހާންގެ ގައިމައްޗަށް ވެއްޓި އޭނާގެ ހުރިހައި ބަރެއް އަހާން އުފުލަމުން ކިއާރާގެ އުނަގަނޑުގައި ދެއަތް ތަގުޅިކޮށްފައި އޮތްކަންވެސް ކިއާރާއަށް ރެއަކާނުލަ އެވެ. 

"އައި ހޭޓް ޔޫ އަހާން.. އައި ހޭޓް ޔޫ.." ކިއާރާ ރޮމުން ބުނަމުންދިޔަ އެވެ. 

"ބަޓް އައި ލަވް ޔޫ..." 

ދެއަތުގައި ހުރި ބާރެއްލާފައި ކިއާރާގެ ހަށިގަނޑު އަހާންގެ ބާރުގެ ދަށަށް ގެނަ އެވެ. އަހާން ބުނި އެއްޗެއް ކިއާރާގެ ކަންފަތަށް އިވުނަސް، ސިކުނޑިއާއި ހަމައަށް ދަތުރުކުރުމަށް ވަގުތުނެގި އެވެ. ކަންފަތުން އަރަމުންދިޔަ އާވި މައިތިރިވެ ލިބުނު ފިނިކަމުގައި އަހާންގެ ލޮލަށް ކިއާރާ ބަލައިލި އެވެ. 

"ޔެސް!! އައި ލަވް ޔޫ ކިއާރާ..! އައި ލަވް ޔޫ ސޯ މަޗް!" އެއްފިޔަ ޖަހައިވެސް ނުލައި އަހާން ބުންޏެވެ. އިތުރު ޔަގީންކަމެއް ދިނުމުގެ ބޭނުމެއް ނެތްކަން އެ އަޑާއި އެ ބުނެލުމުގެ ރާގުން ސާފުވެ އެވެ. އެއީ ލޯތްބާއި އޯގާތެރިކަމުން ފުރިފައިވި ބުނެލުމެކެވެ. 

"ބަޓް އައި ހޭޓް ޔޫ.." 

"އެކަމަކު ކިއާރާގެ ދެ ލޮލާއި މިހަށިގަނޑު ބުނަމުންދަނީ އެހެން ވާހަކަތަކެއް..!" އިޝްގީ ގޮތަކަށް ކިއާރާގެ ހަށިގަނޑަށް ނަޒަރުހިންގާލަމުން އަހާން ބުންޏެވެ. ކިއާރާގެ މުޅިހަށިގަނޑު އޮތީ އަހާންގެ ގައިމަތީގަ އެވެ. 

"އައި ލަވް ޔޫ ސޯ މަޗް" ކިއާރާގެ ކަންފަތު ފޫޅުގައި ތުންފަތް ބީއްސާލަމުން އަހާން ބުންޏެވެ. އަދި ކުރިއަށްވުރެންވެސް ބާރަށް ބައްދާލި އެވެ. 

"އައި ލަވް ޔޫ ބޭބީ ގަރލް!! ލަވް ޔޫ ސޯ ސޯ މަޗް..!" ލޯތްބާއެކު އަހާން ބުނަމުން ދިޔަ އެވެ.

"އައި ލަވް ޔޫ އަހާން.." ކެއްތެރިކަން ކޮޅުން ލުމުން ކިއާރާއަށް ބުނެވުނެވެ.  ހިތާއި ދުލަށް ކެތްނުވީ އެވެ. މިވަގުތު ހާމަ ނުކުރިއްޔާ ހިތުގެ ހާލަތު ދެން ބުނެދޭނީ ވަކި ކޮންވަގުތަކު ހެއްޔެވެ؟ ދެމީހުންގެ ދެމެދު ވައިރޯޅިއެއްވެސް ދައުރުކޮށްލާނެ ޖާގައެއް ނެތެވެ.

"މައި ލަވް! ޕްލީސް ފޮގިވް މީ! ގިވް މީ އަ ޗާންސް..! އަހަރުމެން ދެމީހުންނަށްޓަކައި ލޯބީގެ އިންތިހާ، ފުރިހހަމަ ދުނިޔެއެއް ބިނާކުރާނަން.. އިތުބާރުކުރޭ.. ދުވަހަކުވެސް ކިއާރާ މާޔޫސްވާން ނުޖެހޭނެ.. އަހަރެންގެ ލޯބިން ކިއާރާގެ ހިތް ފުރާލަ ދޭނަން.. މިއީ ވައުދެއް..!" ކިއާރާގެ މޫނުގެ އެތަންމިތަނުގައި ބޮސްދެމުން އަހާން ވާހަކަ ދެއްކީ ލޯބިން ފުރިގެންވީ ޖަޒްބާތަކާއެކު އެވެ. 

"އަހަރެން ދޫކޮށްލާފައި އަހާން ނުދާނަންތަ؟"

"ދުވަހަކުވެސް ދޫކޮށްނުލާނަން.. އެއްކަމެއްގައި ކިތައްފަހަރު، ކިތައް ގޯސް އަހަރެން ހަދައިފިން..؟ ދެން ނިމުނީ! ދުވަހަކުވެސް ކިއާރާ ދޫކޮށްނުލާނަން..! މިދުނިޔޭގައި ކިއާރާ ނޫން އެހެން އެއްވެސް މީހެއް އަހަރެންގެ ނެތް.. މި ދުނިޔޭގައި އަހަރުމެން ދެމީހުން  ބޮޑު އާއިލާއެއް ބިނާކޮށް ދިރިއުޅުން އާރާސްތުކުރާނީ އިތުބާރުގެ ބިންގަލުގެ މަތީގައި.. އަހަރެން ކިއާރާގެ ކިބައިން ބޭނުމީ އެންމެ ކަމެއް..!" އަހާންގެ ޖުމުލައިން ކިއާރާ ލަދުގަތްފައި ވާކަން އެނގިހުރެވެސް އެކަމަށް މިފަހަރު އަހާން އަޅައިނުލި އެވެ.

"ކޮންކަމެއް ބޭނުމީ..؟"

"ލޯބި..!"

އަހާންގެ ދެއަކުރުގެ ހުރިހައި އިހްސާސެއް ކިއާރާ ދެނެގަތެވެ. ދުލުން ހާމަކުރާން ޖެހިލުންވި ކިތަންމެ އެދުމެއް އެ ލަފްޒުގައިވި އެވެ.

"ލޯބިން ތިޔަ ހިތް އަހަރެން ފުރާލަދޭނަން.. ލޯތްބަކީ އަހާންގެ ހައްގެއް.. އިންޝާ ﷲ އެ ހައްގު އެންމެ ފުރިހަމައަށް އަހާންއަށް އަދާކޮށްދޭނަން..." ލޯތްބާއެކު އަހާންގެ ގައިގައި ކިއާރާ ބައްދާލި އެވެ.

އަދި އެއަށްވުރެންވެސް ޖަޒްބާތުގައި ކިއާރާގެ ގައިގައި އަހާން ބައްދާލި އެވެ. މުޅި ދުނިޔެއަށް ކިއާރާ ފޮރުވވައި އަހާންގެ މޭގެ ތެރޭގައި އެ ހަށިގަނޑު ފޮރުވާލަން މަސައްކަތްކުރި ފަދަ އެވެ. މުޅި ހަޔާތުގައިވެސް މިހާތަނަށް ކުރެވިފައި ނެތް އަމާން އިހްސާސަކުން ދެހިތް ތާޒާކޮށްލި އެވެ. 

ހަމައެވަގުތު އަހާންގެ ޖީބުގައި އޮތް ފޯނު ރިންގުވި އެވެ. ސްކްރީނަށް ބަލައިލަމުން ފޯނު ކަންފަތުގައި ޖައްސާލި އެވެ.

"މިއަދާއި އަދި މިހަފްތާގެ އަހަރެންގެ ހުރިހައި މީޓިންގްސް އެއް ހަފްތާ ކުރިއަށް ޝެޑިއުލްކޮށްލާ..! ވަރަށް މުހިއްމުވެގެން ނޫނީ ފޯނު ނުކުރާތި.. އެހެން ހުރިހައި ކަމެއް އަހަރެން ނިކުންނާންދެން ރިޒާ ހަމަޔަކަށްއަޅުވާލާ.." އެކޮޅުން ބުނެފާނެ އެއްޗެއް އަހާންއަށް މުހިއްމެއް ނޫނެވެ.

ޕަރސަނަލް ސެކްރެޓަރީއެއްގެ މަގާމުގައި ފާއިތުވި ދިހަ އަހަރުގެ ތަޖުރިބާގައި ރިޒާ، އޭނާގެ 'ބޮސް'ވަނީ ދެނެގަތްފަ އެވެ. އޮފީހުން ޗުއްޓީއެއް ނެގުމަކީ މިހައިތަނަށް ކޮށްފައިވާ ކަމެއްނޫނެވެ. އެހެންވީމާ މިވަގުތާއި ހާލަތު ރިޒާއަށްވުރެން ރަގަޅަށް ދެނެގަންނާނެ އެހެން މީހަކު ނުހުންނާނެކަން އެންމެ ރަގަޅަށް އެނގޭނީވެސް ރިޒާއަށެވެ.

"އެއް ހަފްތާގެ ޗުއްޓީއެއް..؟ ފޯ ވަޓް..؟" ހައިރާންވެފައި ކިއާރާ ސުވާލުކޮށްލީ އަހާންގެ އަތުތެރޭގައި އޮވެފަ އެވެ.

"ފޯ ޔޫ..! ފޯ މީ..! ފޯ އަސް ..!" ކިއާރާގެ ތުންފަތާއި ގާތްވެލާފައި އަހާން ބަލައިލީ ކިއާރާގެ ލޮލަށެވެ. 

ހިތް ބުނަމުންދިޔަ ހުއްދައަށް އެދުމަށް އަހާންގެ ކެތްތެރިކަން ކޮޅުންލައިފި އެވެ. އެކަކު އަނެކެއްގެ ހޫނު ނޭވާ އިހްސާސްވަމުން ދިޔަ އެވެ. ދެމީހުންގެ ނޭފަތް ބީހިލާހައި ގާތްވެފައި ކިއާރާގެ އެސްފިޔަތަކުގެ އިޝާރާތުން އަހާންއަށް ފޮނުވާލި އިޝާރާތާއެކު ކިއާރާގެ މޫނު ރަތްވެގެންދިޔައީ ލަދުވެތިކަމުގެ އިހްސާސްތަކުންނެވެ. އެންމެ ސިކުންތެއްވެސް ބޭކާރުކޮށްނުލައި ދެތުންފަތުގެ ދުރުމިން އަހާން ނެތިކޮށްލީ ދެލޮލުގެ އެސްފިޔަތައް ލައްޕާލުމުގެ ކޮންޓްރޯލެއް ނެތި އެވެ. ދެމީހުންގެ ހަށިގަނޑުގެ އެތައް މިތަނުގައި ހަވާއަރުވވަމުންދިޔަހެން ހީވި އެވެ. ކިއާރާގެ ކޮންމެ ގުނަވަނެއްގައި ކޮކާފިޔަޖަހުވަމުން، އަހާންގެ އަތުގެތެރޭގައި ލޮބުވެތި ހަށިގަނޑު ބޮނޑިކުރަމުންދިޔަ އެވެ. އަތުގެ އިނގިލިތައް ނުބީހޭ، އެންމެ އިންޗިއެއްވެސް މިވަގުތުން ފެށިގެން އެ ހަށިގަނޑުގައި ނުވާނެކަން ދެހިތަށް ޔަގީންކޮށްދެމުންނެވެ. ކިއާރާގެ ފުރަތަމަ ތަޖުރިބާވިޔަސް، އަހާންއަށް އެންމެ ތަންކޮޅެއްވެސް ދޫނުކުރި އެވެ. ލޯބީގެ ލައްޒަތުގައި ދެހިތް ގުޅި ލާމެހެމުންދިޔައީ އެދެމެދުގައި އެހެން އެއްވެސް ކަމަކަށް ފުރުސަތެއް ނެތް މިންވަރަށެވެ. ކިއާރާގެ ބައްޓަން ރީތި ހިމަހިމަ އިނގިލިތައް އަހާންގެ ފަށުވިކޮޅޅެއްފަދަ އިސްތަށިގަނޑުގެ ތެރެއަށް މަހައިލުމަށްފަހު ކުރިއަށްވުރެންވެސް އޭނާއާއި ގާތްކޮށްލި އެވެ. ދެ ހަށިގަނޑުގެ ކޮންޓްރޯލް ގެއްލުނު މިސްރާބެއް ބުނެދެވޭނީ ދުނިޔޭގެ ހޭވެރިކަމެއް ވާނަމަ އެވެ. ދެހަށިގަނޑުގެ ހޫނުކަމަށް ބަދަލެއް އަޔަނުދީ އަހާންގެ އަތުގެތެރޭގައި ކިއާރާ ހައްޔަރުކޮށްލާފައި ފަސޭހަކަމާއެކު އުފުލާލީ އެވެ. އަދި ފަރުވާތެރިކަމާއެކު ގެނެސް އެނދުމަތީގައި ބޭއްވިއިރުވެސް އެންމެ އިންޗިއެއްވެސް ދެމީހުން ދުރަށްޖެހިނުލަ އެވެ.  

"ލެޓް މީ ލަވް ޔޫ.. އައި ވޯންޓް މޭކް ޔޫ މައިން..!" ޖަވާބުގައި އަހާންގެ ކަނދުރާގައި ނުހަނު ބާރަށް ކިއާރާ ބައްދާލި އެވެ. އަދި އަހާންގެ މޫނާއި ކަނދުރާގެ އެތައް މިތަނުގައި ބޮސްދެމުންދިޔައީ ފެންނުލިބި ހަނަފަސް ސަހަރާއެއްގައި ދިގުދަތުރެއްކޮށްފައިވާ ވަރުބަލި ދަތުރުވެރިޔަކަށް ފެންލިބުމުން އުޅޭ ފަދައިންނެވެ. 

"މާބޮޑަށް ނުވިސްނައްޗޭ.. އަހަރުމެންގެ ކައިވެންޏާއި އަހަރެންގެ މޮޔަކަމުން ކުރަންއުޅުނު ކަންތަކާއި ގުޅިގެން ދީނީގޮތުން މިކައިވެންޏަށް ގެންނާންޖެހޭ ކޮންމެ ބަދަލެއް ފުރިހަމައަށް އަހަރެން އަދާކުރާނަން.. މާދަމާ ކޯޓަށްގޮސް އެކަން ބަލާފައި އިސްލާހްކުރާނަން..! މިއީ ވައުދެއް!" ކުރިއަށްވުރެން ބާރަށް އަހާންގެ ގައިގައި ކިއާރާ ބައްދާލި އެވެ. 

ވަރުބަލިކަމާއެކު މާނޭވާ ލެވެމުންދިޔައިރުވެސް އަހާންގެ ލޯބީގެ ބަސްތައް ފަނޑު ނުވެ އެވެ. 

.............

ހެނދުނު ކޮޓަރިއަށްވަދެ ދޮރުލެއްޕިޔަސް، މެންދަންވެ ހަނދު މެދުއުޑުން ފަސްދީފި އެވެ. ބަނޑުހައިކަމުގެ އިހްސސާސެއް ނެތެވެ. އެނދުން ތެދުވުމުގެ ޝައުގުވެރިކަމެއް ނުފެނެ އެވެ. ވަރުބަލިކަމާއެކު ހުޅުވާލި ލޯ އުފާވެރިކަމުން ބަބުޅާލި އެވެ. އަހާންގެ އަތުގެ ތެރޭގައި އޮތް ކިއާރާގެ ހަށިގަނޑަށް ބަލައިލި އެވެ. ލޯބީގެ ފާއިތުވި ކޮންމެ ސިކުންތެއްގެ ހެއްކަކަށް އެހަށިގަނޑު ފުދެ އެވެ. އުފާވެރި ހިނިތުންވުމަކާއެކު ބޮނޑިވެފައި އޮތް ކުއިލްޓުން ދެމީހުންގެ ހަށިގަނޑު އަހާން ނިވާކޮށްލި އެވެ.

"އާ ޔޫ އޯކޭ..؟"

"މޯ ދެން އޯކޭ..!"

"އޫޕްސް.. ވަރަށް މުހިއްމުކަމެއް ހަނދާންނައްތާލެވިއްޖެ..!"

"ކޮން ކަމެއް؟"

ސައިޑް ޓޭބަލް ހުޅުވާލާފައި އަހާން ނެގީ މަހްމަލްގެ ކުޑަކުޑަ ފޮއްޓެކެވެ. ކިއާރާގެ ހިތުގެ ވިންދު އަވަސްވި އެވެ. ހަމައެވަގުތު އެ ފޮށި ހުޅުވާލާފައި އަހާން އިޝާރާތްކޮށްލީ ކިއާރާގެ އަތް ދިނުމަށެވެ. 

"މީގެ ކުރިން މިފަދަ ފޮއްޓެއް ދިއްކޮށްލީ އެހެން މީހެއްގެ ހައްގުގައި.. އެކަމަށް ލަދުވެތިވެ، މައާފަށް އެދެމުން.. އަހަރެންގެ ކުށް އިސްލާހްކުރުމުގެ ފުރަތަމަ ފިޔަވަޅަކީ މިއީކަމަށް ހީކޮށްލާ..! ދިސް އިޒް ފޯ ޔޫ ބިއުޓިފުލް..! އޮފިޝަލީ ޔޫ އާ މައިން!" ލޯތްބާއެކު ކިއާރާގެ ރިންގް ފިންގަރ ފަޅުފިލުފިލުވާލަދިނެވެ. އަދި ޖަވާހިރުގެ އެ އަނގޮއްޓީގައި އަހާން ބޮސްދިނެވެ.     

"އައި ލަވް ޔޫ..!"

"އައި ލަވް ޔޫ ޓޫ..!" އަހާންގެ މޭގައި ކިއާރާގެ މޫނު ފޮރުވާލި އެވެ.

ބަޔާންކުރުމެއް ނެތް އެތައް ލަފްޒަކުން ދެ ހިތް މުއާމަލާތު ކުރަމުންދިޔަ އެވެ. އެކަކު އަނެކަކަށްޓަކައި އުފެދިފައިވާ ބާރުގަދަ އިހްސާސް ލޯބީގެ ލަފްޒުތަކަށްވުރެން މާ ގަދަފަދަ އެވެ. ވަކިވުމެއް ނެތް ގުޅުމަކަށް ދެހިތުން އެދި ދުއާކުރަމުންދިޔައީ ލޯބީގެ މައިދާނުން ލިބުނު ކާމިޔާބީ އަބަދަށް ލެހެއްޓެވުން އެދެމުންނެވެ. (ނިމުނީ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް