ads
ވޭޕް ސިޕްމަންޓް ކެނަބިސްއަށް ޕޮޒިޓިވްކަމަށް ވިދާޅުވެ މިނިސްޓަރު އިހްސާން ހިއްސާކުރެއްވި ޓެސްޓްގެ ފޮޓޯ
ވޭޕްގައި ޑްރަގުހުރިކަމަށް ކުރިން ދެއްކެވި ވާހަކަތައް އިހްސާން ދިފާއުކުރައްވައިފި
ރާއްޖެއަށް އެތެރަކުރި ވޭޕް އޮއިލް ޝިޕްމެންޓުގައި ޑްރަގު ހުރިކަމަށް ކުރިން ވިދާޅުވި ވާހަކަތައް ހޯމް މިނިސްޓަރު އިހްސާން ދިފާއު ކުރައްވައިފިއެވެ.
Advertisement

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކަމަށްވާ ކެނެބިސް އަޅާފައިވާ ވޭފް ޝިޕްމެންޓެއް ކަސްޓަމަސް އިން ހިފަހައްޓާފައިވާކަމަށް ހޯމް މިނިސްޓަރު އިހްސާން ވިދާޅުވީ މިދިޔަ މަހުގެ 15 ވަނަދުވަހުގެ ރެއެވެ. ވައިގެ މަގުން އެތެރެކުރި އެ ސިޕްމަންޓް ހިފެހެއްޓިކަމަށް ހޯމް މިނިސްޓަރު ވިދާޅުވީ ވޭފް ރާއްޖޭގައި މަނާކުރަން ނިންމިކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވިތާ މާގިނައިރުތަކެއް ނުވަނީސް އެވެ. 

އެހެންނަމަވެސް ފުލުހުން އިއްޔެ ބުނީ ޑްރަގު އަޅާފައި ހުރިކަމަށް ބުނެ ހިފެހެއްޓި ވޭޕް އޮއިލް ޝިޕްމެންޓުގައި ޑްރަގުގެ އެއްވެސް ބާވަތެއް ނެތްކަމަށެވެ. މިކަމާއި ގުޅިގެން މިނިސްޓަރު އިހްސާނަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. 

އެކަމާއި ގުޅިގެން މިނިސްޓަރު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއާޕޯޓުގައި ކަސްޓަމްސްއަށް ޝައްކު ކުރެވޭ ޕެކޭޖުތަކާއި އައިޓަމްތަކުގެ ރެޕިޑު ޓެސްޓު ކުރާ ކަމަށެވެ. މިގޮތުން، އެތަކެތި ޕޮޒިޓިވް ވާނަމަ ހިފަހައްޓާ، ތަހުގީގަށް ހަވާލުކުރާ ކަމަށް އިހްސާން ވިދާޅުވިއެވެ. އެގޮތުން ވޭޕް ޝިޕްމަންޓް ޕޮޒިޓިވްވިކަަމަށް އިހްސާް ވިދާޅުވިއެވެ. 

" މިގޮތުން މި ވޭޕް ސިޕްމެންޓްވެސް ޓެސްޓް ކުރެވުނު އަދި ފޮޓޯގައި މިވަނީ އެދުވަހުގެ ރެޕިޑް ޓެސްޓް ނަތީޖާ. ކެނެބިސްއަށް ޕޮޒިޓިވް" ޓެސްޓްގެ ނަތީޖާ ފެންނަ ފޮޓޯއަކާއި އެކު އެކްސްގައި އިހްސާން ކުރެއްވި ޕޯސްޓްގައިވެއެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ އާއްމު އުސޫލުން މި ތަކެތި ތަހުގީގަށް ފުލުހުންނާއު ހަވާލުކުރެވި ލެބޯޓަރީ ޓެސްޓް ހަދާކަމަށެވެ. އަދި އެ ޓެސްޓްގެ ނަތީޖާ އާއްމުކޮށް ދެ ދުވަހާއި ހަތް ދުވަސް ނަގާކަމަށާއި މި ޓެސްޓްގެ ނަތިޖާއާއި ރެޕިޑް ޓެސްޓް ނަތީޖާ ދިމާނުވެއްޖެނަމަ އިތުރުރަށް ޔަގީންކުރަން ކޮންފާމަޓަރީ ޓެސްޓްތައް ހަދާކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ޑްރަގު ހުރިކަމަށް ބުނާ ވޭޕް ސިޕްމަންޓްގެ ވެރި ފަރާތުގެ މައުލޫމާތު ހޯދަން އެދުވަހު މީޑިއާތަކުން އެދުމުން އެކަން ހާމަނުކުރީ ލެބޯޓަރީ ޓެސްޓްގެ ނަތީޖާ އެހާތަނަށް ލިބިފައި ނުވާތީކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

" ތަހުގީގަށް ނަތީޖާ ބޭނުންކުރާނީ ކޮންފާމަޓަރީ ޓެސްޓް ހެދުމަށްފަހުގައި ޝައްކެތް ނެތް މިންވަރަށް ޔަގީން ވުމުން. އެކި މީޑިއާތަކުން މި ޝިޕްމެންޓްގެ ވެރިފަރާތުގެ މައުލޫމާތު ހޯދަން އެދުމުން އަޅުގަނޑުގެ އެފަރާތުގެ މައުލޫމާތު އާއްމު ނުކުރީ ލެބޯޓަރީ ކޮންފަމޭޝަން ނުލިބޭތީ." އިހްސާން ވިދާޅުވިއެވެ.

މިިނިސްޓަރު ވިދާޅުވީ އެ ވޭޕްގެ އެޝިޕްމަންޓު ހިފެހެއްޓި ވާހަކަ ހިއްސާކުރަން ނިންމީ މިއަހަރު މިފަދަ އެތައް ކޭސްތަކެއް ހިނގައިފައިވުމާއި މިދިޔަ އަހަރު ވެސް މިފަދަ ވޭޕް އޮއިލް ޝިޕްމަންޓެއްގައި ކެނަބިސް ހުރި ކަމަށް ޔަގީންކުރެވިފައިވުމުން މި ކަމަކީ މުޖުތަމައުގެ ކަންބޮޑުވުން އޮތް މައްސަލައެއްކަމަށް ވީމާކަމަށެވެ. 

ވޭޕް ޝިޕްމަންޓްގައި ޑްރަގު ނެތްކަމަށް ފުލުހުން ހާމަކުރި މައުލުމާތުން އެނގިގެންދަނީ މި ޕްރޮސެސްގެ ހާމަކަން ބޮޑުކަމާއި އިންސާފުވެރިކަން ކަމަށްވެސް އިހުސާން ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންކަން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އަމަލު ކުރާނީ އެ އުސޫލުން ކަމަށް މިނިސްޓަރު  އިހްސާން ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް