ads
ފޮޓޯ: އެމްއޭސީއެލް
އުފެއްދުންތެރި ޖީލެއް ބިނާކުރަން އެމްއޭސިއެލްއިން ހާއްސަ މަސައްކަތްތަކެއް ފަށަނީ
އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.
Advertisement

މިއަދު ހަޔާ އެޑިއުކޭޝަނުން ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝަރީފް މުހައްމަދު އެވެ. އަދި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. 

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން މިނިސްޓްރީގެ އިސްވެރިނާއި، މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ، ވިލާ ރިސޯޓްސް، އަދި ޔުނިވާސަލް ރިސޯޓްސް ގެ އިސްވެރިން ވަނީ ބައިވެރިވަޑައިގެންފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ އިބްރާހިމް ޝަރީފް ވިދާޅުވީ އެމްއޭސީއެލް އަކީ ތަފާތު އެކިދާއިރާތަކުގެ މަސައްކަތުގެ ފުރުސަތުތައްއޮތް ތަނެއްކަމަށާއި ގިނަ މަސައްކަތްތަކަކީ ހާއްސަ ހުނަރު ބޭނުންވާ ދާއިރާތަކެއްކަމަށެވެ. 

އަދި އެފަދަ މަސައްކަތްތަކަށް މީހުން ތަމްރީނުކުރުމަކީ ކުންފުންޏަށް ބޭނުންޖެހިފަ އޮންނަ ކަމަކަށްވާއިރު، މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ކުންފުންޏަށް ބޭނުންވާ ހުނަރުވެރި މީހުން ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސީއީއޯ ވިދާޅުވިއެވެ. އޭގެއިތުރުން ގައުމީ ފެންވަރުގައި ފެށުނު މިމަސައްކަތަކީ ކާމީޔާބު މަސައްކަތަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ.

އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށެވެ. އަދި އެކަޑަމިކް ސަނަދު ހާސިލުކުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ލިބުންވެސް އެއީ މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވި އެވެ.

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގައި ހުރި ފުރުސަތުތަކާއި ބެހޭގޮތުން އާންމުން ހޭލުންކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް މިއަހަރުތެރޭގައި އެމްއޭސީއެލް އިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެމްއޭސީއެލް ކެރިއާ 2024 ގެ ނަމުގައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފެއާތަކެއް ކުރިއަށް ގެންދާއިރު، ހަޔާ އެޑިއުކޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ދާލަން ކެރިއާ އެކްސްޕޯ" ގައި އެމްއޭސީއެލް އިން ވަނީ ބައިވެރިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް