ads
ވަޒީރު ހައިދަރު 4000 ފްލެޓްގެ މަސައްކަތް ހިނގާ ގޮތް ބަލާލަން ކުރި ޒިޔާރަތުގެ ތެރެއިން
ފުރަތަމަ ނެެރޭނީ ފްލެޓް ލިސްޓުގައި ހުރި ގޯސްތަކުގެ ރިޕޯޓެއް: ހައިދަރު
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ލިސްޓު ނެރުމުގެ ކުރިން ފުރަތަމަ ނެެރޭނީ ފްލެޓް ލިސްޓުގައި ހުރި ގޯސްތަކުގެ ރިޕޯޓެއްކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވިދަޅުވެއްޖެއެވެ.
Advertisement

4000 ފްލެޓް ލިބުނު މީހުންގެ ލިސްޓު ނެތުމަށް ތަފާތު ތާރީހުތަކެއް ދިނުމަށް ފަހު މިނިސްޓްރީން މިހާރު ވަނީ ލިސްޓް ނެރުން މުއްދަތެއް ނެތް ފޮތަށް ފަސްކޮށްފައެވެ. އެންމެ ފަހުން މިނިސްޓްރީން ބުނެފައިވަނީ ފްލެޓް ލިސްޓް ނެރޭނީ އެމިނިސްޓްރީން ކުރިޔަށް ގެންދާ އިވެލުއޭޝަން މަސައްކަތް ނިންމުނު އިރަކުންކަމަށެވެ. 

ފްލެޓް ލިސްޓާއި ގުޅިގެން މީޑިއާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވީ ފްލެޓްތައް ދިނުމުގައި ވަރަަށް ގިނަ ގޯސްތަކެއް ހަދާފައިވާކަމަށެވެ. އެހެންކަމުން އެކަން މިނިސްޓްރީން ބަލަމުން އަންނަކަމަށެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ފުރަތަމަ ނެރޭނީ ފުލެޓް ލިސްޓް އެކުލަވާލުމުގައި ހަދާފައިވާ ގޯސްތަކުގެ ރިޕޯޓެއްކަމަށެވެ. އަދި އެ ރިޕޯޓް މި މަސްނިމުމުގެ ކުރިން ނެރޭނެކަަމަށްވެސް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވިއެވެ. 

ސަރުކާރަށް އެއްއަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ 4000 ފަލްޓް ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން ނުނެރި ލަސްވަނީ އެ ލިސްޓުގެ ބޮޑެތި އޮޅުވާލުންތަކެއް ހުރުމުން އެކަން ރަނގަޅުކުރަމުންދާތީކަމަށް ވިދާޅުވެފައެވެ. 

ރައީސް ޑރ. މުއިއްޒު ފްލެޓް ލިސްޓާއި ގުޅިގެން ދެއްކެވި ވާހަކަތައް އޭރުގެ ހައިސިން މިނިސްޓްރީގެ އިސްވެރިން ވަނީ ދޮގުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް