ads
އެބޯލާއަކީ އަދިވެސް އިންޓަނޭޝަނަލް އެމަޖަންސީއެއް: ޑަބްލިއުއެޗްއޯ
ކޮންގޯގެ އެބޯލާ އައުޓްބްރޭކް އަދިވެސް އޮތީ ބައިނަލް އަގްވާމީ ކުއްލި ހާލަތެއްގެ ގޮތުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

މި މަހުގެ ދިހަވަނަ ދުވަހު ކޮންގޯއިން އެބޯލާ ޖެހިގެން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އެ ކޭސް ފެނިފައިވަނީ ޑަބްލިއުއެޗްއޯއިން އެބޯލާގެ އައުޓްބްރޭކަށް ނިމުމެއް އައިއްސަފައި ވާކަމަށް އިއުލާން ކުރަން އުޅެނިކޮށެވެ. އަލަށް ފެނިފައިވާ ކޭސް ތަކުގެ ސަބަބުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޑރ. ޓެޑްރޯސް ވިދާޅުވީ، އެބޯލާ އަކީ އަދިވެސް އެންމެންނަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށެވެ.

އެބޯލާގައި ފުރަތަމަ މީހާ މަރުވިކަމަށް ރިޕޯޓު ކުރެވުނުތާ ތިން ދުވަސް ފަހުން ވަނީ ދެވަނަ މީހެއްގެ މަރު ރިޕޯޓު ކޮށްފައެވެ. އެބޯލާ ޖެހިގެން ދެވަނައަށް މަރުވެފައިވަނީ 11 މަހުގެ ކުޑަ އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާއަށް ފަރުވާ ދެމުން ގެންދިއައީ މި ބަލީގައި ފުރަތަމަ މަރުވެފައިވާ 26 އަހަރުގެ ފިރިހެން މީހާ ބާއްވާފައިވާ ހޮސްޕިޓަލުގައި ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ޑަބްލިއުއެޗްއޯއިން ނިމުމަކަށް އައިއްސަވާ ކަމަށް އިއުލާން ކުރުމަށް އުޅުނީ ކޮންގޯ ސަރަހައްދުގައި އެބޯލާ ބަލިމަޑުކަން ފެތުރިގެން ގޮއްސަވާ މިއީ ދިހަ ވަނަ ފަހަރެވެ. އަދި އެ ސަރަހައްދުން މި ބަލިމަޑުކަން އެންމެ ބޮޑަށް ފެނިފައިވަނީ ވެސް އެފަހަރުއެވެ. ކޮންގޯގައި 2018 ވަނަ އަހަރުގެ އޯގަސްޓުމަހު އެބޯލާ ފެނުނު ހިސާބުން ފެށިގެން 2,276 މީހަކު ވަނީ މި ބަލިމަޑުކަމުގެ ސަބަބުން މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް