ads
ވެމްކޯގެ މުވައްޒިފުން ކުނި ގެންދަނީ---ފޮޓޯ:ރާއްޖެއެމްވީ
ކުނި ނެރޭނީ މެންދުރު 12:00 އިން 02:00 އާއި ދެމެދު: ވެމްކޯ
ލޮކްޑައުންގެ ހާލަތުގައި މާލެ ސަރަހައްދުގައި ގެ ތަކުގައި ހުންނަ ކުނި ބާލާނޭ ގަޑިތައް ވެމްކޯއިން ހާމަކޮށްފި އެވެ.

ވެމްކޯއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، ގޭގޭގައި އުކާލާ ކުނި ކޮންމެ ދުވަހަކުވެސް މެންދުރު 12:00 އިން 02:00 އާއި ދެމެދުގެ ވަގުތުތަކުގައި ތިރިޔަށް ބޭލުމަށެވެ. 

އަދި ކުނި ބާލާއިރު ރަނގަޅަށް ބަންދުކޮށްފައި ކުނި ބޭލުމަށްވެސް ވެމްކޯއިން ވަނީ އެދިފައެވެ. 

މީގެ އިތުރުން ވެމްކޯއިން ބުނެފައިވަނީ އައިސޮލޭޝަންގައި ހުންނަ ގެތަކުގެ ކުނި ތިރިޔަށް ނުބޭލުމަށް އެދިފައެވެ. އަދި އެ ގެތަކުގެ ކުނި ތިރިޔަށް ބާލާނީ އެކަމަށް ހާއްސަ ކޮމިޓީއަކުންކަމަށް ހާމަކޮށްފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް