ads
ފޮޓޯ:ވަން އޮންލައިން
ވެމްކޯގެ ކޯލް ސެންޓަރުގެ ހިދުމަތް ލިބޭނެ
ވެމްކޯގެ ކޯލް ސެންޓަރުގެ ހިދުމަތް މިދަނޑިވަޅުގައި ވެސް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓާ އާދަމް މުހައްމަދު ވިދާޅުވީ، ވެމްކޯގެ ކޯލް ސެންޓަރުގެ ހިދުމަތް ހެނދުނު 10:00 އިން ހަވީރު 16:00 އަށް ލިބިގެންދާނެ ކަމަށެވެ. 

ގޭބީސީ ތަކުންނާއި ވިޔާފާރި އަދި ކުންފުނިތަކުން ކުނި ނެގުމުގެ މަސައްކަތް ވެމްކޯ އިން އަލުން ފަށާފައި ވާއިރު ކޮންމެ ދުވަހަކުވެސް ކުނި ނެގުމަށް ހާއްސަ ގަޑިތަކެއް ވެމްކޯ އިން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ގޭބީސީ ތަކުން ކުނި ނެގުމަށް ހަމަޖެހިފައި ވަނީ މެންދުރު 12:00 އާއި 14:00 އާއި ދެމެދު އެވެ. އަދި އޮފީސްތަކާއި ވިޔަފާރިތަކުން ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށެވެ. 

ވެމްކޯ އިން ވަނީ އެކުންފުނީގެ ތިލަފުށި ވޭސްޓްޔާޑް ވެސް 13:00 ގައި ހުޅުވާފަ އެވެ. 

ވެމްކޯގެ ޑީއެމްޑީ ޔޫސުފް ސިރާޖް ވަނީ މާލޭގެ ކުނި ވެމްކޯ އިން ނަގާދޭނެ ކަމަށާއި މާލެ ކުނިގޮނޑަކަށް ވިޔަ ވެމްކޯ އާއި ވެމްކޯ ގެ މުވައްޒަފުން ނުދޭނެ ކަމަށް ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް