ads
ފޮޓޯ: ފިނޭންސް
ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލަން ބޭރުގެ ކުންފުންޏެއް ހޯދަނީ
ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް އިންޓަނޭޝަނަލް ފާމެއް ހޯދުމަށް މާލީ މިނިސްޓްރީން އަލުން އިއުލާން ކޮށްފި އެވެ.
Advertisement

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާނެ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ދެމެހެއްޓެނިވި އިގްތިސާދީ، އިޖްތިމާއީ، ތިމާވެށި އަދި އާބަން ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

މި ޕްލޭނަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާއިރު، އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އެކްސްޕާޓުންގެ މަޝްވަރާއާއެކު އެކުލަވާލާ ޕްލޭނެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

މި ޕްލޭނުގައި މޫސުމީ ބަދަލުތަކާއެކު ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމާއި، ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމާއި، އާ އީޖާދުތަކުން އެންމެ ބޮޑު ފައިދާ ހޯދޭނެ ގޮތްތައް ހިމެނޭނެ އެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މައުލޫމާތު އެއްކޮށް، ވަކިވަކި ރަށްތަކާއި ގައުމީ ފެންވަރުގެ ނިންމުންތަކާއި ވަކިވަކި ދާއިރާތަކުގެ ހާއްސަ ޕްލޭންތައް ހިމެނޭނެ ކަމަށް މާލީ މިނިސްޓްރީން ބުނެފައިވެ އެވެ.

- 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލަން ބައިނަލްއަގުވާމީ ކޮންސަލްޓެންސީ ފާމެއް ހޯދަނީ

- މި ޕްލޭނަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް

- އެއް އަހަރު ދުވަހުގެ ތެރޭގައި ޕްލޭން އެކުލަވާލުމަށް ވަނީ ނިންމާފައި

- ރައްޔިތުންނާއި އެކްސްޕާޓުންގެ މަޝްވަރާއާއެކު އެކުލަވާލާ ޕްލޭނެއް

- މޫސުމީ ބަދަލުތަކާއި ގާނޫނު ތަންފީޒުކުރުމުގެ ކަންކަން ޕްލޭނުގައި ހިމެނޭނެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް