ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިން ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ވެސް އަސަރުކުރަމުންދާ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމުގެ ސަބަބުން ކަނޑުގެ ދިރުންތައް ހިމާޔަތްވެގެންދެ އެވެ. އަދި މިއީ ދެމެހެއްޓެނިވި މަސްވެރިކަމަށް ގާނޫނުން މަޖުބޫރުކުރާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހިންގެ އިގްތިސާދުގައި މަސްވެރިކަމާއި ޓޫރިޒަމްގެ ދައުރު ވަރަށް މުހިންމު ކަމަށާއި، ކަނޑުގެ ދިރުންތަކަކީ ދިވެހިންގެ އިގްތިސާދު ބައްޓަންކުރުމުގައި އަސާސީ ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
މުހިންމު ނުކުތާތައް: