މީރާއިން ހާމަކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 92.2 މިލިއަން ރުފިޔާ ކަމަށެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އަށް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ނަމަވެސް ނޮވެންބަރު މަހު އެކަނި ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ 44 ޕަސަންޓު ދަށްވެފަ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި ޑޮލަރުން ދެއްކި މިންވަރަށް ބަލާއިރު، މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް 6،082 ޑޮލަރު ލިބިފައިވާ އިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 101 ޕަސަންޓުގެ އިތުރުވުމެކެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ޑޮލަރުން މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 2،888 ޑޮލަރެވެ.