ads
އިއްޔެ ކުރި ވިއްސާރާގައި ނ. ހެނބަދޫގައި ފެންބޮޑުވެފައި
މިއަދުން ފެށިގެން މޫސުން ގޯސް، އިއްޔެ އެންމެ ބޯކޮށް ވެހުނީ އަލިފުއްޓަށް
އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ އަލިފުއްޓާއި ތޮއްޑޫއަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
Advertisement

އެ އިދާރާއިން އާއްމުކުރި މައުލޫމާތަށް ބަލާއިރު އިއްޔެ އެންމެ ގިނައި ވާރޭ ވެހުނީ ރ. އަލިފުއްޓަށެވެ. އެރަށަށް 67.2 މިލިމީޓަރުގެ ވާރެ ވަނީ ވެހިފައެވެ. ދެވަނަ އަށް އެންމެ ގިނައިން އިއްޔެ ވާރޭ ވެހުނު އއ. ތޮއްޑޫއަށް 65.9 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ރެކޯޑްކުރެވިފައިވާކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. 

ނ މަފަރާއި ށ. ކޮމަންޑޫއަށް ވެސް އިއްޔެ ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. ނ. މާފަރަށް 58.7 މިލިމީޓަރުގެ ވާރޭވެހިފައިވާއިރި ކޮމަންޑޫއަށް 54.1 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރާގައި ނ.ހެނބަދޫގައި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ 75 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަން ނޭޝަނަލް ޑިޒާޓާ މެނޭޖެމަންޓް އޮތޯރިތީ (އެންޑީއެމްއޭ ) އިން ވަނީ ބުނެފައެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާގައި މިއަދު ފެށިގެން މުޅި ރާއްޖެއަށް ވައިގަދަވެ ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. 

އެ އިދާރާއިން ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި އިރުވައި މޫސުމް ފެށޭ ދުވަސްވަރަށް ވުމުން މޫސުމް ބަދަލުވާ ދުވަސްވަރު މި ސަރަހައްދުގައި ކޮޅިގަނޑެއް އުފެދުމުގެ ފުރުސަތު އޮންނަކަމަށެވެ. އެގޮތުން ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ކުރިޔަށް  އޮތް ދެދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫ އައްސޭރި ފަށާ ދިމާލަށް ޖެހޭނެކަމަށް ލަފާކުރެވޭކަމަށްވެ. އަދި މި ހަފްތާގެ ތެރޭގައި ރާއްޖެއާ ދުރުން ދެކުނުގައިވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެކަަމަށް ބެލެވޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް