ފުލުހުން ބުނީ ފުރަތަމަ އެކްސިޑެންޓު ހިނގީ ސައިކަލެއްގައި ދަތުރުކުރި ދެ އަންހެނަކު ކަހާލައިގެން ވެއްޓުމުންނެވެ. އަދި ދެވަނަ އެކްސިޑެންޓު ހިނގީ ބަހަކާއި ކާރެއް ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި ދެ އެކްސިޑެންޓާ ގުޅިގެން ބްރިޖުގެ ޓްރެފިކް ވަނީ މާލެއިން އަރާ ސަރަހައްދާ ހަމައަށް ތޮއްޖެހިފައެވެ. އަދި މާލެއިން ހުޅުމާލެއާ ދެމެދު އޮންނަ ދެ ލޭނުގައި ވެސް ވަނީ އުޅަނދުފަހަރު ކުރިއަށް ނުދެވޭ ވަރަށް ތޮއްޖެހިފައެވެ.
ފުލުހުން ބުނީ މި ހާދިސާތަކާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ޓްރެފިކް އާންމު ހާލަތަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.