
ޓޫރިސްޓުން
ރަޝިއާ އާއި ޔޫރަޕަށް އިތުރު އިސްކަމެއް ދޭން ނިންމައިފި
ގުފްތަގް އަޖީރު
30 ޑިސެމްބަރ 2024 - 12:29:56
ރާއްޖޭގެ ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރަނގަޅުކުރުމަށްޓަކައި ރަޝިއާ އާއި ޖަރުމަނުވިލާތް އަދި ޔޫރަޕުގެ އެހެން ގައުމުތަކަށް އިތުރު އިސްކަމެއް ދިނުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ނިންމައިފި އެވެ.
އެމްއެމްޕީއާރްސީން މިއަދު ބުނެފައިވަނީ މި ވަގުތު ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑިމާންޑަށް ވުރެ ސަޕްލައި އިތުރުވަމުން ދިއުމެވެ. އެހެންކަމުން މަތީ ފަންތީގެ މާކެޓަށް އަމާޒުކޮށްގެން މާކެޓިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ޓޫރިސްޓަކު އެވްރެޖުކޮށް 600 އެމެރިކާ ޑޮލަރު ދައުލަތަށް ދައްކާ ކަމަށް އެމްއެމްޕީއާރްސީ އިން ބުންޏެވެ. މިއީ ޓީޖީއެސްޓީ އާއި ޓޫރިޒަމާ ގުޅުންހުރި އެހެނިހެން ޓެކްސްތަކުން އެކަނި ލިބޭ އާމްދަނީ އެވެ.
އާ މާކެޓިން ސްޓްރެޓެޖީގެ ދަށުން ރަޝިއާ އާއި ޖަރުމަނުވިލާތުގެ އިތުރުން ޔޫރަޕުގެ އެހެން ގައުމުތަކަށް އަމާޒުކޮށްގެން ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް