މި ހިދުމަތުގެ ދަށުން ހަފްތާއަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެ އެވެ.
މި ހިދުމަތް ފެށުމާއެކު އިންޑިއާގެ ޗެންނާއީ އިން މާލެ އަށް ފުރަތަމަ ފްލައިޓުން 20 ޓަނުގެ ކާގޯ ގެނެސްފައިވެ އެވެ. މި ކާގޯ އެކްސްޕޯޓް ކޮށްފައިވަނީ އިއްތިހާދު އެއާވޭސް މެދުވެރިކޮށެވެ.
އެއާޕޯޓުގެ ކާގޯ މޫވްމަންޓް އިތުރަށް ހަރުދަނާ ކުރުމަށް ބޮޑެތި އެއާލައިންތަކާ އެކު އިންޓަލައިން އެއްބަސްވުންތައް ހެދުމުގެ މަސައްކަތް އެމްއޭސީއެލްއިން އަންނަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށް ވެސް ވަނީ ރޭވިފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިހާރު ފޯރުކޮށްދެމުންދާ ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގައި 12 އެއާލައިން ބައިވެރިވެފައިވެއެވެ. މި ހިދުމަތުގެ ތެރެއިން މިދިޔަ މަހުގެ ކުރީކޮޅާ ހަމައަށް 1،000 ޓަނުގެ މުދާ އެކްސްޕޯޓް ކޮށްފައިވެ އެވެ.