މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާއިން 12،054 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިޓަލީވިލާތުންނެވެ. އެގައުމުން 9،478 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
މިއަހަރުގެ ޓޮޕް 10 މާކެޓުގެ ތިންވަނައިގައި އިނގިރޭސިވިލާތް އޮތްއިރު، ހަތަރުވަނައިގައި ވަނީ ޗައިނާ އެވެ. ފަސްވަނައިގައި ވަނީ ޖަރުމަނުވިލާތެވެ. އަދި ހަވަނައިގައި އިންޑިއާ އޮތްއިރު، ހަތްވަނައިގައި ވަނީ އެމެރިކާ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމުލަ 77،727 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12.2 ޕަސަންޓުގެ ކުރިއެރުމެކެވެ. މީގެ ތެރެއިން 69.5 ޕަސަންޓު ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.