މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މައުލޫމާތު ދިންގޮތުގައި މި މުދަލުގެ ތެރޭގައި ހިމެނެނީ ވައިގެ މަގުން އެތެރެކުރި 9 ޝިޕްމަންޓާއި ކަނޑުމަގުން އެތެރެކުރި 3 ޝިޕްމަންޓެވެ. ވައިގެ މަގުން އެތެރެކުރި މުދަލުގެ އަގަކީ 882،381 ރުފިޔާ ކަމަށާއި، ކަނޑުމަގުން އެތެރެކުރި މުދަލުގެ އަގަކީ 1،040،875 ރުފިޔާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން މިހާތަނަށް ކްލިއަރކޮށްފައިވާ މުދަލުގެ ޖުމުލަ އަގަކީ 1.9 މިލިއަން ރުފިޔާއެވެ.