ads
ޕްރިޒަންސް އޮފިސަރެއް، ބޮޑީވޯން ކެމެރާގައި
ޖަލު އޮފިސަރުންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
Advertisement

ކަރެކްޝަން އިން ޖަލުއޮފިސަރުންގެ ވަޒީފާ އަށް ކުރިމަތިލުމަށް ހުޅުވާލިކަން އިއުލާން ކޮށްފައިވަނި މިމަހުގެ 23 ވަނަ ދުވަހުގައި ގެޒެޓުގައި ކުރި އިއުލާނެއްގައެވެ.

މި ވަޒީފާގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 15،072 ރުފިޔާ ލިބޭނެ ކަމަށާއި، އަދި މީގެ އިތުރުން ހެލްތް އިންޝުއަރަންސް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ކަރެކްޝަނުން ކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، މި މަގާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު2025 ފެބްރުއަރީ 16 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް އީމެއިލް އަށް ނުވަތަ ކަރެކްޝަންސް ގެ ހެޑް ޑިޕާޓްމެންޓް ރޭޑިއޯ ބިލްޑިގް ގެ ކައުޓަރަށް ހަވާލު ކޮށްދެއްވުން އެދޭ ކަމަށެވެ. 

ނުވަތަ ރަސްމީ ދުވަސްތަކުގައި ގާޒީ ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައި ފޯމް ބަލައިގަތުމަށް ހާއްސަ ކުރެވިފައިވާ ކައުންޓަރަށް ފޯމު ހުށައެޅުމަށް އެދޭ ކަމަށެވެ.

މި ވަޒީފާއަށް ހޮވާ ކުދިންގެ ފިޒިކަލް ޓެސްޓު އޮންނާނީ ފެބްރުއަރީ 22 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް އެއިއުލާނުގައި ބުނެފާއި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް