ޗައިނާއިން އެކަނި ވެސް މިއަހަރު މިހާތަނަށް 23،186 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ދެ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން 18،651 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިޓަލީއިން 16،614 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް ޖުމުލަ 169،424 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.9 ޕަސަންޓުގެ ކުރިއެރުމެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ ބަޔަކު މަޑުކުރަނީ ރިސޯޓުތަކުގައެވެ. މިގޮތުން 69.2 ޕަސަންޓު ޓޫރިސްޓުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އަދި 25.8 ޕަސަންޓު ޓޫރިސްޓުން މަޑުކުރަނީ ގެސްޓްހައުސްތަކުގައެވެ.