ads
ތައިމުރް އާއި ސައިފް--
ސައިފް އާއި ތައިމުރް ބެލްކަނީގައި ކުރަހަނީ
ބޮލީވުޑުގެ ތަރި، ސައިފް އަލީ ހާން އާއި އޭނާގެ އެންމެ ހަގު ދަރިފުޅު، ތައިމުރް ބެލްކަނީގައި ކުރަހާ ފޮޓޯތަކެއް ކަރީނާ ކަޕޫރު ހިއްސާކޮށްފި އެވެ.

ކަރީނާ އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރި ފޮޓޯތަކުން ފެނިގެންދަނީ ކަރަންޓީނުގައި ތިބެ ތިބެ ފޫހިވެގެން ސައިފް އާއި ތައިމުރު ފާރުގައި ފެން ކުލަ ޖައްސާ މަންޒަރެވެ. 

މި ފޮޓޯތައް ހިއްސާކޮށް ކަރީނާ ބުނީ ސައިފް ވަނީ އޭނާއަށް މާ ގެނެސްފައިވާ ކަމަށް ބުނެފައި ކަމަށާއި އެކަމަކު ފެނުނުއިރު ހުރީ ފާރުގައި މާ ކުރަހާފައި ކަމަށެވެ. އެކަމަކު ކަރަންޓީނުގައި މި ހަދިޔާ ވެސް ވަރަށް ކަމުދާ ކަމަށް ބުންޏެވެ. 

ކަރީނާ ހިއްސާކުރި އިތުރު ފޮޓޯގައި ފެނިގެންދަނީ އުމުރުން ތިން އަހަރުގެ ތައިމުރް ވެސް ވަރަށް އަވަދިނެތި ފާރުގައި ކުރަހާ މަންޒަރެވެ. އެގޮތުން ފެން ކުލައިން އޭނާ ވަނީ ތަފާތު ޑިޒައިނަކަށް ފާރުގައި ކުލަ ހާކާފަ އެވެ. 

ކޮވިޑް-19 ނުރައްކާ އިންޑިއާއަށް ފޯރައި އެގައުމު މިވަގުތު އޮތީ ލޮކްޑައުނެއްގަ އެވެ. މިހެންވެ، ފިލްމީ ތަރިންނަށް ވެސް ގޭގައި މަޑުކުރަން ޖެހިފައިވާއިރު އެމީހުން އަންނަނީ އުޅޭ ނޫޅޭ ގޮތް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް