ads
ރައީސް މުއިއްޒު ތިމާވެއްތާ ބެހޭ މިނިސްޓަރާއެކު ފިއްލަދޫގައި
ޓޫރިޒަމް ބިންތަކަށް 3 ޕަސަންޓަށްވުރެ ކުޑަ އިންޓަރެސްޓްގައި ލޯނު ދޫކުރަން ނިންމައިފި
ކައުންސިލްތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތައް ތަރައްގީ ކުރުމަށް 3 ޕަސަންޓަށްވުރެ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.
Advertisement

މިކަން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހއ. ފިއްލަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވަމުންނެވެ. 

ރައީސް ވިދާޅުވި ގޮތުގައި މި ލޯނު ސްކީމަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ލޯނު ސްކީމްގެ މައިގަނޑު މަގުސަދަކީ އުތުރުގެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކޮށް، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމެވެ.

ހއ. އަދި ހދ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ވަނީ ހާއްސަ ސަމާލުކަމެއް ދީފައެވެ. މިގޮތުން ހއ. ކެލާގެ ފަޅުގައި 2 ރިސޯޓް އެޅުމަށާއި، ވަށަފަރުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ހދ. ނާގޯށި ތަރައްގީކޮށް، އިތުރު ރަށްތަކެއްވެސް ޓޫރިޒަމަށް ގެނައުމަށް ވަނީ ރޭވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް