ads
މާލޭ ޖަލު -- ފޮޓޯ ޕީއެސްއެމް
މާދަމާއިން ފެށިގެން ގައިދީންނަށް އޮންލައިނުކޮށް ފައިސާ ފޮނުވޭނެ: ކަރެކްޝަން
މާދަމާއިން ފެށިގެން އޮންލައިންކޮށް ޖަލުތަކުގައި ތިބި ގައިދީންނަށާއި ބަންދުމީހުންނަށް ފައިސާ ފޮނުވޭނެކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސްއިން ބުނެފި އެވެ.

ކަރެކްޝަން ސާވިސްއިން ބުނީ ޖަލުތަކުގައި ތިބި ގައިދީންނަށް އޮންލައިނުކޮށް ފައިސާ ފޮނުވުމުގެ އުސޫލު ސާވިސްގެ ވެބްސައިޓްގައި ޝާއިރުކޮށްފައިވާނެ ކަމަށެވެ.

ގައީދިންނަށް އޮންލައިނުކޮށް ފައިސާ ފޮނުވައި އިންތިޒާމު ހަމަޖެއްސުމުގެ މަގުސަދަކީ ކޮވިޑް-19 އާ ގުޅިގެން މިހާލަތުގައި ވެސް ޖަލުގައި ތިބޭ ފަރާތްތަކަށް ކެންޓީނު މެދުވެރިކޮށް ގަންނަން ބޭނުންވާ ތަކެތި ގަތުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި އެ ފަރާތްތަކުގެ އާއިލާއިން ފައިސާ ފޮނުވުމުގެ ކަންތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް ކަރެކްޝަނުން ބުނެ އެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު ފައިސާ ޖަމާކުރި ސްލިޕް ނުވަތަ އޭގެ ސްކްރީންޝޮޓް، ފައިސާ ލިބެންވީ ގައިދީ ނުވަތަ ބަންދު މީހާގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރާއި ފައިސާ ފޮނުވި ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރުގެ އިތުރުން ފޮނުވި ފައިސާގެ އަދަދާއި ފައިސާ ޓްރާންސްފާ ކުރި އެކައުންޓްގެ ނަން ބަޔާންކޮށް [email protected] އަށް އީމެއިލް ކުރަން ކަރެކްޝަނުން ބުނެފައިވެ އެވެ.

އަދި ހުރިހާ މައުލޫމާތާއެކު ފައިސާ ފޮނުވިކަމުގެ އީމެއިލް ފޮނުވުމުން އެ ފައިސާ ލިބުނުކަން ކަށަވަރުކޮށް ފައިސާ ލިބުނުކަމުގެ ރަސީދު އެފަރާތަކަށް ކަރެކްޝަން ސާވިސްއިން ފޮނުވާނެކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް