![](https://cnm.mv/media/images/maldivian.jpg)
މޯލްޑިވިއަނުން އަންނަނީ ފަތުރުވެރިން އުފުލުމަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުން
ވަޑިޑް ބޮޑީ ބޯޓެއް ކުއްޔަށް ހިފަން މޯލްޑިވިއަން އިން އިއުލާން ކޮށްފި
ގުފްތަގް އަޖީރު
06 ފެބްރުއަރީ 2025 - 20:13:26
ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަން އިން އެއާބަސް އޭ330-200 މޮޑެލްގެ އިތުރު ބޯޓެއް ކުއްޔަށް ހިފުމަށް މިއަދު އިއުލާން ކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަން ސަރވިސަސް އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، މި ބޯޓު ބޭނުންވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ލީސް އުސޫލުން ކުއްޔަށް ހިފުމަށް ކަމަށެވެ. މިއީ މި އަހަރު މޯލްޑިވިއަން އިން ހޯދަން އުޅޭ ދެވަނަ ވައިޑް ބޮޑީ އެއަރކްރާފްޓެވެ.
މޯލްޑިވިއަން އިން މިފަދަ އެއާބަސް އޭ330-200 ބޯޓެއް މިދިޔަ މަހު ވަނީ ރާއްޖެ ގެނެސްފައެވެ. އެ ބޯޓުން މިހާރު ދަނީ ޗައިނާގެ އެކި ސިޓީތަކަށް ދަތުރުކުރަމުންނެވެ. އަދި އިތުރު ބޯޓެއް ގެނައުމުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް ސީދާ ދަތުރުތައް ފެށޭނެ ކαމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ވަނީ އޮކްޓޫބަރު މަހުގެ ތެރޭގައި އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް ރާއްޖެ ގެނައުމަށް ނިންމާފައެވެ
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް