ads
ޑރ.ނަޒްލާ---
ނޫސްވެރިއަކަށް ދިން ރައްދާއެކު ޑރ.ނަޒްލާއަށް ތައުރީފު އޮހެނީ!
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވާހަކަ ދެއްކިގޮތުން ޑރ. ނަޒްލާ ރަފީގު އެނޫސްވެރިޔާއަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ނޫސްވެރިންނަށް ސުވާލުކުރަން ދިން ފުރުސަތުގައި ނޫސްވެރިއަކު ވަނީ ބަންގަލަދޭޝް މީހުނަށް "ބަންގާޅި" ނަމުން މުހާތަބު ކޮށްފައެވެ.

 އެކަމާ ހިތްހަމަ ނުޖެހިވަޑައިގެން ޑރ. ނަޒްލާ ވަނީ ބަންގްލަދޭޝް މީހުންނާއި ރީތި ބަހުން މުހާތަބު ކުރަން އެދިފައެވެ. 

"އެސްކިއުޒްމީ އިނގޭތޯ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ސުވާލު ކުރާ އިރުގަވެސް ހުރިހާ އެންމެނަކީވެސް އިންސާނުން އެހެންވީމަ އެމީހުންނަށް ދޭންވާ ރެސްޕެކްޓާ އެކީގަ އަޅުގަނޑުމެންގެ ބަސްމަގު ހުންނަން ވާނީ،"

ޑރ. ނަޒްލާގެ ރައްދާއެކު އެ ނޫސްވެރިޔާގެ ވާހަކަތައް ހުއްޓުނެވެ. ޑރ. ނަޒްލާގެ އެ ރައްދުގެ ބަސްކޮޅާއެކު ސޯޝަލް މީޑިއާގައި މިހާރު އެންމެން އަންނަނީ ތައުރީފު ކުރަމުންނެވެ.

އެގޮތުން ގިނަ ބަޔަކު ބުނަމުން އަންނަނީ އެ ނޫސްވެރިޔާއަށް ދިނީ ރަނގަޅު ރައްދެއް ކަމަށެވެ. އަދި ޑރ. ނަޒްލާއަށް ގިނަ ބަޔަކު ވަނީ ޝުކުރު އަދާކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް